ރަޝިޔާއިން ސޫރިޔާގެ ސަރުކާރަށް ހަތިޔާރު ހިފައިގެން އައި ބޯޓެށް އެގައުމަށް އަތުވެއްޖެ ކަމަށް ހަބަރު ލިބިއްޖެއެވެ.
ހަތިޔާރު ބަރުކޮށްގެން އައި މި ބޯޓު ސޫރިޔާގެ ބަނދަރަށް ވަނީ ބުރާސްފަތި ދުވަހުކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެއެވެ. މި ރިޕޯޓާއި ގުޅިގެން އެމެރިކާއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެމެރިކާއިން ބުނެފައި ވަނީ ރަޝިޔާގެ މި އަމަލުތަކުގެ ސަބަބުން ސޫރިޔާގެ މަޝްރަހު އިތުރަށް ގޯސްވާނެ ކަމުގައެވެ. ސޫރިޔާގައި ސޫރިޔާގެ ސަރުކާރުން ހިންގަމުންދާ ޤަތުލް އާންމުތަކުގައި ރަޝިޔާއިން އެއްބާރުލުން ދީ ހަތިޔާރު ވިއްކަމުންދާތީ ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމުތަކުންވެސް ދަނީ ފާޑު ކިޔަމުންނެވެ. އެހެނަސް ރަޝީޔާއިން ބުނަމުންދަނީ ސޫރިޔާއަށް އެއްބާރުލުން ދޭނެކަމަށެވެ.
ރަޝިޔާ އަކީ އދ ގެ ސަލާމަތީ މަޖިލީހުގައިވެސް ސޫރިޔާގެ ސަރުކާރު ދިފާއުކުރަމުންދާ މަދު ގައުމުގެތަކުގެ ތެރެއިން އެއްގައުމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...