ސޫރިޔާދައި ތިބި އެހެން ޤައުމުތަކުގެ ސަފީރު ސޫރިޔާއިން ބޭރުވާން ފަށައިފިއެވެ.
ޚަބަރުތައް ބުނާގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކަކުން އެގައުމުތަކުގައި ތިބި ސޫރިޔާގެ މަންދޫބުން ބޭރު ކުރަމުންދަނީ އެގައުމުގެ މަޝްރަހުގެ ހުރިގޮތުންނެވެ. މީގެ ތެރޭގައި ކެނެޑާ، އިނގެރޭސިވިލާތް، ފްރާންސް، އިޓަލީ އަދި ސްޕެއިންގެ މަންދޫބުން ހިމެނެއެވެ.
މިދިޔަ ހުކުރު ދުވަހު ބައްޝާރުގެ ސިފައިން ސޫރިޔާގައި ހިންގި ގަތުލްއާމް މިސްރުގެ މުސްލިމް ބްރަދަރހޫޑް ޖަމާއަތުން ކުށްވެރިކޮށްފިއެވެ. އެޖަމާއަތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސޫރިޔާގެ ކުށެއްނެއް އާއްމުންނާއި ދެކޮޅަށް އެގައުމުގެ އަނިޔާވެރި ރައީސް ބައްޝާރު ހިންގަމުން ގެންދާ ޖަރީމާތަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ސޫރިޔާގެ އާއްމު ރައްޔިތުންގެ ދިފާއުގައި އަރަބި ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން މަސައްކަތް ކުރުމަށް ގޮވާލާފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...