އަރަބިދުނިޔެ

ސޫރިޔާގައި މަރުވި މީހުންގެ އަދަދު 13،000އަށް އަރައިފި

ހައުލާ، ސޫރިޔާ: ބައްޝާރުލް އަސަދުގެ ސަރުކާރުން ހައުލާ ސަރަހައްދުން އެކަނި ވެސް 92 ޤަތުލް އާއްމު ހިންގާފައިވެއެވެ. | ފޮޓޯ: ރޮއިޓާރސް

ހައުލާ، ސޫރިޔާ: ބައްޝާރުލް އަސަދުގެ ސަރުކާރުން ހައުލާ ސަރަހައްދުން އެކަނި ވެސް 92 ޤަތުލް އާއްމު ހިންގާފައިވެއެވެ. | ފޮޓޯ: ރޮއިޓާރސް

ސޫރިޔާގެ  ސަރުކާރުން މިހާތަނަށް މަރާފައިވާ މީހުންގެ އަދަދު 13،000އަށް އަރާކަމަށް ސޫރިޔާގެ އިންސާނީ ހައްޤުތަކާއި ބެހޭ މަރުކަޒުގެ ފަރާތުން ރަމި އަބްދުލް ރަޙްމާން ހާމަކޮށްފިއެވެ.

މުޅިއެކު 13،004 މީހުން މަރުވެފައި ވާކަމަށް ލަފާކުރޭކަމަށް ރަމި އަބްދުލް ރަޙްމާން ހާމަކުރިއެވެ. އޭގެތެރޭގައި 9،183 އާއްމު ރައްޔިތުން ހިމެނޭކަމުގައި ކަމަށާއި 3،072 އަސްކަރިޔާއިންނާއި އަދި 749 ސިފައިން މަރުވެފައިވާކަމަށް މައުލޫމަތު ދެއެވެ. މިހަމަލާތަކުގެ ސަބަބުން މަރުވެފައި ވަނީ ގިނައިން އާއްމު ރައްޔިތުންނެވެ.

 މިހަމަލާތަށް އެންމެ ވަރުގަދަވެފައި ވަނީ ސޫރިޔާގެ މަސްރަހު ފިނިކުރުމަށްޓަކައި އ.ދގެ ވަފްދެއް ދިޔުމުންނެވެ. އަދި އާއްމުންނާއި ސިފައިންނާއި ދެމެދު ހިގި ހަމަލާ ބަދަލުކުރުމުގައި 1881 މީހުން މަރުވެފައިވެއެވެ. ސަރުކާރުގެ ސިފައިން ވަނީ އާއްމުނާއި އަމާޒުކޮށް ބާރުގަދަ ބޮން ގޮއްވާފައެވެ.

ހައުލާ ސަރަހައްދުން އެކަނި ވެސް 92 ޤަތުލް އާއްމު ހިންގައިފައިވެއެވެ. އޭގެތެރޭގައި 3 ބައިކޮށްފަ އެއްބައި ގައި ހިމެނެނީ ކުޑަ ކުދިންނެވެ. އަބްދުލް ރަޙްމާން ބުނިގޮތުގައި މިވަރުގެ ބޮޑު އިންސާނިއަތާއި ހިލާފް ޒަރީމާތަކެއް ހިންގާއިރު ބައިނަލްއަޤްވާމީ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް ނާޅާކަންމީ ހިތާމަ ކުރާކަމެއް ކަމަށާއި އަދި އ.ދގެ ވަފްދަށް ހައުލާ ސަރަހައްދުގައި ހިންގާނެ ހަމަލާތަކާއި ބޭހޭ ގޮތުން މައުލޫމާތު ދީފައިވީ ނަމަވެސް އެމީހުން އެ ސަރަހައްދަށް އައިރު ވަނީ ހުރިހާ ކަމެއް ނިމިފައި ކަމަށެވެ.

ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ސިފައިން ދަނީ ސޫރިޔާގައި ގިނަ ވަރުގަދަ ޤަތުލް އާންމުތަކެއް ހިންގާ ކުށެއްނެތް އާއްމު ރައްޔިތުންނާއި ގިނަ ކުޑަކުދިންގެ ތަކެއް ކޮންމެ ދުވަހަކުވެސް މަރަމުންނެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ސޫރިޔާގެ މުސްލިމުންނަށް ކެތްތެރިކަން ދެއްވާށި… އާމީން…

Your email address will not be published. Required fields are marked *