މިސްރުގެ ރިޔާސީ އިންތިޚާބު ފެށިއްޖެއެވެ.
މިސްރުގެ ރިޔާސީ އިންތިޚާބު ފަށާފައިވަނީ މިއަދު 8 ޖަހާއިރުގައެވެ. އިންތިހާބުގައި ވޯޓް ދިނުމަށް ހައްގު ލިބޭ މީހުންގެ އަދަދު 52 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު ވޯޓްލުމަށް ޖުމްލަ 13،000 މަރުކަޒާ ޤާއިމްކޮށްފައިވެއެވެ. އަދި މިއިންތިހާބަށް 12 ކެނޑިޑޭޓަކު ކުރިމަތިލާފައިވާއިރު އިންތިހާބުގެ ފޯރިވަނީ ވަރަށް ގަދަވެފައެވެ.
މިސްރުގެ އިންތިހާބުގައި ނަތީޖާއާއި މެދު ސުވާލު އުފެދިފައިވާއިރު ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅުންނަކީ ޢަރަބްލީގުގެ ކުރީގެ ވެރިޔާ ޢަމްރު މޫސާއާއި އިޚްވާނުލް މުސްލިމީންގެ ފަރާތުން މުޙައްމަދު މުރްސީ އަދި ހުސްނީ މުބާރަކް ވެރިކަމުގެ ފަހުކޮޅު ބޮޑުވަޒީރުކަން ކޮށްފައިވާ އަޙްމަދު ޝަފީޤުއެވެ.
އިންތިހާބު ނިމި އަލަށް އިންތިޚާބުކުރާ ރައީސް ޖުލައި 1 ގެ ކުރިން މަގާމާ ހަވާލުވުމަށްވަނީ ހަމަޖެހިފައެވެ.

















ޚިޔާލު