އަރަބިދުނިޔެ ޔަހޫދީ އާބާދީތައް އަލުން އާބާދުކުރުމުގެ މަޝްރޫޢުގެ ސަބަބުން ސުލްހައިގެ ވާހަކަތަކަށް ހުރަސް އެޅެނީ

ޔަހޫދީ އާބާދީތައް އަލުން އާބާދުކުރުމުގެ މަޝްރޫޢުގެ ސަބަބުން ސުލްހައިގެ ވާހަކަތަކަށް ހުރަސް އެޅެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޔަހޫދީ އާބާދީތައް އަލުން އާބާދުކުރުމުގެ މަޝްރޫޢުގެ ސަބަބުން ސުލްހައިގެ ވާހަކަތަކަށް ހުރަސް އެޅެމުން އެބަދެއެވެ.

ފަލަސްތީނާއި އިޒްރޭލާއި ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުގައި 'އުންމީދު' އޮތްކަމަށް އެމެރިކާއިން ބުނަމުންދިޔަ ނަމަވެސް ވަކި ހިސާބަކުން ސުލްހައިގެ ވާހަކަތަކަށް ދަނީ ހުއްޓުން އަރަމުންނެވެ. ޔަހޫދީ އާބާދީތައް އަލުން އާބާދުކުރުމުގެ މަޝްރޫޢުގެ ވާހަކަތައް ދެކެވުމާއި ހިސާބުން އިޒްރޭލުގެ ބަސްމަގު ދަނީ ބަދަލުވަމުންނެވެ. އިޒްރޭލުން ފާޅުގައި އެކަމާއި ދެކޮޅަށް ވާހަކަ ދައްކަމުންދާއިރު ސުލްހައިގެ ވާހަކަތައް ކުރިއަށް ނުދާނެކަމަށް ތަޖްރިބާ ކާރުން ހާމަކުރެއެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު ދާދިފަހުން ބުނެފައިވާގޮތުގައި "ފަލަސްޠީނުގެ ބިންތަކުގައި ކުރިއަށްގެންދާ ޔަހޫދީ އާބާދީތަކުގެ މަސައްކަތަށް ހުއްޓުމެއް ގެނެވެން ނޯންނާނެކަމަށާއި އެކަން ހުއްޓުވުމަށް އޭނާގެ ޕާޓީއިން ތާއީދު ނުކުރާނެ" ކަމަށެވެ. ފަލަސްތީނުން އިޒްރޭލުގެ ކިބައިން ޔަހޫދީންގެ އާބާދީ ކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އެދެމުންދާއިރުވެސް އިޒްރޭލުން އެކަމާއި ދަނީ ފާޅުގައި ދެކޮޅުހަދަމުންނެވެ.

ފަލަސްތީނާއި އިޒްރޭލުގެ މައްސަލާގައި ހައްލެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރަނީ އިޒްރޭލުން ފަލަސްތީނުން ފައިބާ ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމެވެ. އެހެނަސް އިޒްރޭލުން ބޭނުންވަނީ ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ މިނިވަން ދައުލަތެއް ޤާއިމުކުރާށެވެ. އަދި އެމެރިކާއިން މިކަމުގެ މެދުވެރިއަކަށް ހުންނަ އިރު އެމެރިކާއަކީ އިޒްރޭލަށް ވާގިވެރިވާ ޤައުމެކެވެ. އެހެންކަމުން ފަލަސްތީނި/އިޒްރޭލު މައްސަލައަށް އަވަސް ހައްލެއް އަންނާނެކަމަށް ގިނަ ބަޔަކަށް ޝައްކެވެ.

ޓެގް

އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.