1948 ވަނަ އަހަރު އިޒްރޭލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ދެކުނުގެ ރަށެއްކަމުގައިވާ ނަޤަބްގެ ތާރީޚީ އަވަށް "ޢަރާޤީބް" އަށް އިޒްރޭލުގެ ބުލްޑޯޒަރުތައް ވަދެ 38 ވަނަ ފަހަރަށް އެއަވަށް ސުންނާފަތިކޮށް ބިމާ ހަމަކޮށްލައިފިއެވެ.
މަންޒަރުދުށް މީހުން ބުނިގޮތުގައި އިޒްރޭލުގެ ވަރަށް ގިނަ ސިފައިންނާ ފުލުހުންގެ ހިމާޔަތުގައި ބުލްޑޯޒަރުތައް އެއަވަށައް ވަދެ ސުންނާފަތިކުރުމުގެ މަސައްކަތް ފަށާފައިވަނީ ފަތިސްވަގުތުއެވެ. އަދި އަވަށުގެ މީހުން ދިރިއުޅެމުން ގެންދިޔަ ފޭލިގެތައް ވަނީ ހަލާކުކޮށް ފުނޑުފުނޑު ކޮށްލާފައެވެ. އެމީހުން އެފޭލިގެތައް ޖަހާފައިވަނީ އެމީހުންގެ ގެތައް އިޒްރޭލުން ތަޅާލުމުންނެވެ.
2010 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ގެންދަނީ އެއަވަށް ހިފުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް އެތައް ޒަމާނަކުއްސުރެ އެއަވަށުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ މީހުން ތިބީ އެއަވަށް ދޫކޮށްލުމަށް ތައްޔާރަކަށް ނޫނެވެ. އެހެންކަމުން އިޒްރޭލުން އެއަވަށް ސުންނާފަތިކޮށްލާ ކޮންމެ ފަހަރަކުވެސް އާ ހިތްވަރަކާއެކު ފޭލިގެތައް ޖަހައިގެން އެމީހުންގެ ދިރިއުޅުން ކުރިޔަގެންދެއެވެ. އިޒްރޭލުގެ އޮފިޝަލުން ވަނީ މީގެކުރިންވެސް އެތަކެއްފަހަރު އެމިހުންގެ ގެތައް ބިމާއި ހަމަކޮށްލާފައެވެ. އެހެންކަމުން ގެދޮރު އިމާރާތްކުރާނެ ތަކެތި ނުލިބުމާ އަދި އިޒްރޭލުން އަނެއްކާވެސް ގެތައް ތަޅާލައިފާނެކަމުގެ ބިރަށް އެމިހުން މިހާރު ދިރިއުޅެމުން ގެންދަނީ ފޭލިގެއިން ފުއްދާލައިގެންނެވެ.
____________________________________-
މަޞްދަރު: ދި ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...