ވާހަކަ ރަމަޟާން މަހުގައި ޖިންނި ޝައިޠާނުންތައް ވަނީ ކަސްތޮޅު އެޅުވިގެންނެވެ.

ރަމަޟާން މަހުގައި ޖިންނި ޝައިޠާނުންތައް ވަނީ ކަސްތޮޅު އެޅުވިގެންނެވެ.

ރަމަޟާން މަހުގައި ޖިންނި ޝައިޠާނުންތައް ވަނީ ކަސްތޮޅު އެޅުވިގެންނެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރަމަޟާން މަހަކީ އެމަހެއްގައި ޖަންނަތުގެ ދޮރުކޮޅުތައް ހުޅުވޭ މަހެވެ. އަދި ޖަހަންނަމައިގެ ދޮރުތައް ބަންދު ކުރެވިގެންވާ މަހެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވިގެން ވެއެވެ. މިކަމަކީ ހަމަ ޙަޤީޤަތުގައި ވެސް ހިނގާ ކަމެކެވެ. އަހަރެންގެ ވަރަށް އިތުބާރު ހިފޭ، ޖިންނިއާއި ގުޅުން އޮންނަ އެސޮރުމެންގެ ފަރާތުން މަދަދު ހޯދާ، އެކުވެރިޔަކު ވެއެވެ. އޭނާވަނީ މިހާރު އެކަމުން ދުރުވެ ތައުބާ ވެފައެވެ. އޭނާ އަހަންނަށް ކިޔާދިނެވެ.

’އަހަރެން އެޖިންނިތައް ކައިރީގައި، އަހަންނަށް ޚަބަރެއް ގެނެސްދޭނީ ކާކުތޯ ސުވާލު ކުރުމުން އެސޮރުމެން ބުނެއެވެ. ”އަހަރުމެން ރަމަޟާން މަހުގައި ޙަރަކާތްތެރިވެއެއް ނޫޅެވެއެވެ.“ މިޖިންނިތަކަކީ މުއުމިނު ޖިންނިތަކެއްތޯ އަހަރެންގެ ހިތުގައި ވަރަށް ސުވާލު އުފެދެއެވެ. އެސޮރުމެން އަހަންނާއެކު ނަމާދުކޮށް ރޯދަހިފާ ހަދައެވެ. ކޮންމެ އަކަސް އެސޮރުމެންގެ ފަރާތުން އެއްފަހަރެއްގައި އަހަންނަށް ލިބުނު ޖަވާބަކުން، އެއީ މުއުމިނު ޖިންނިތަކެއް ނޫންކަން (ޝައިޠާނުންތަކެއްކަން) އަހަންނަށް ވިސްނުނެވެ.

ފަހުން އަހަރެންނަށް އެކަން ޔަޤީންވީ އަހަރެން ކުރި ތަޖުރިބާއަކުންނެވެ. އެއްދުވަހެއްގައި، އަހަރެންގެ ކޮށްކޮއަކަށް ފަރުވާ ކޮށްދިނުމަށް އަހަރެން އެދުނީމެވެ. އެސޮރުމެން ބުންޏެވެ. ”އޭނާ (ގެ ކަރުގައި) ޞަލީބެއް ނާޅާހާ ހިނދަކު އޭނާ ރަނގަޅެއް ނުވާނެއެވެ.“

އެހެންކަމުން އަހަރެން އެސޮރުމެންނާ ދިމާލަށް ބުނީމެވެ. ”ކަލޭމެންނަކީ ޝައިޠާނުން ތަކެކެވެ. ކަލޭމެންނަކީ އީމާންނުވާ ޖިންނިތަކުގެ ތެރެއިން ބައެކެވެ.“

އެސޮރުމެން ބުންޏެވެ. ”އަހަރުމެންވަނީ މުއުނިމު ޖިންނިތަކުގެ ތެރެއިންނެވެ.“

އަހަރެން ބުނީމެވެ. ”މީގެފަހުން އަހަރެންނާ ކަލޭމެންނާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެއެވެ.“

އެސޮރުމެން ބުންޏެވެ. ”އެހެންވެއްޖެޔާ އަހަރުމެން ކަލެއަށް ގޯނާ ކުރާނަމެވެ.“

އަހަރެން ބުނީމެވެ. ”ކަލޭމެންނަށް އަހަރެންނަށް އެއްވެސް ގެއްލުމެން ނުދެވޭނެއެވެ. އަހަރުމެން ދަންވަރުގެ ވަގުތުގައި ގަބުރުސްތާނުން ބައްދަލު ކުރަމާ ހިނގާށެވެ. މީ އަހަންނަށް ވިސްނޭ އެންމެ މީހުން ނޫޅޭ އެކަހެރި އެންމެ ބިރުވެރި ތަނެވެ.“

ދަންވަރުގެ ވަގުތެވެ. އަހަރެން ވުޟޫކޮށްގެން ދެރަކުޢަތް ނަމާދެއް ކުރީމެވެ. އަދި ޤަބުރުސްތާނަށް ދިޔައީމެވެ. އަހަރެން މިފަދައިން ޖެހިޖެހިގެން ތިންރޭ ތަކުރާރު ކުރީމެވެ. އެކަމަކު އެޖިންނިތަކަށް އަހަރެންނާ ގާތަށްވެސް ނާދެވުނެވެ.‘

އެހެންކަމުން މިއީ ހަމަ ޢަމަލީ ގޮތުން ހިނގާ ކަމެކެވެ. ހަމައެކަނި ބުނެވިފައިވާ ބަސްތަކެއް ނޫނެވެ. ރަމަޟާން މަހުގައި ޝައިޠާނުންތައް ވަނީ ކަސްތޮޅު އެޅުވިގެންނެވެ. އަދި އެސޮރުމެންނަށް އެއްތަނުން އަނެއްތަނަށް ޙަރަކާތްތެރިވެ ޝައިޠާނީ ޢަމަލުތައް ހިންގާ ނުހެދެއެވެ. މައިޖިންނިތައް ވަނީ ކަސްތޮޅުއެޅި ބަނދު ކުރެވިގެންނެވެ. ކުދިކުދި ޖިންނިތައް ޙަރަކާތްތެރިވެ އުޅުމަށް ދޫކޮށްލެވިފައިވެއެވެ.

މަޞްދަރު: ”އައްތަރްބިއްޔާ އަލްޖިހާދިއްޔާ ވަލްބިނާ“ 3/86-93 (ކްލިކްފޯއިސްލާމް.ކޮމް)

ޓެގް

ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.