ޞުލްޙައިގެ ވާހަކަތާމެދު ފަލަސްޠީނުގެ ގިނަބަޔަކު ހިތްހަމަނުޖެހޭކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
ހަބަރު ލިބޭގޮތުގައި ފަލަސްތީނު/އިޒްރޭލުގެ ޞުލްޙައިގެ ވާހަކަތަކާއި މެދު އުންމީދު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ކަންބޮޑުވެފައިވަނީ އިސްރާއީލުގެ ފިއްތުންތައް ބޮޑުވެގެން ހިނގައިދާނެތީއެވެ. ކޮންމެ ފަހަރެއްގެ ޞުލްޙައިގެ ވާހަކަތައް ފެށުމަށްފަހު އިޒްރޭލުން ހަމަލާތައް ދީ އެވާހަކަތައް ހުއްޓުވާ އިތުރު ހަމަނުޖެހުންތައް ހިންގަމުން ދިއުމަކީ ފަލަސްތީނުގެ ރައްޔިތުން މާޔޫސްވެފައިވާކަމެކެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވާލާ، އެއަށް ޢަމަލުކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ދެފަރާތުން ތައްޔާރުވަމުންދާއިރު އިޒްރޭލުން ފަލަސްތީނުން ބޭނުންވާ ކަންތަކަށް ދަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ. އެހެންކަމުން "ޞުލްޙައިގެ ވާހަކަ"ތަކަށް އެއްވެސް އުންމީދެއް ނެތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެއްބަސްވުމަކާއި ހަމައަށް އަޔަސް އޭގެން ގެއްލުންވާނީ ފަލަސްތީނުގެ ރައްޔިތުންނަށްކަންވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...