އެކުވެރި އަޚުންނާއި އުޚްތުން، އަބްދުﷲ މުސްތާގު އަކީ ކިޑްނީ ބަލީގެ 5ވަނަ ސްޓޭޖް ނުވަތަ ފަހުސްޓޭޖްގެ ދުވަސްތައް ހޭދަކުރަންޖެހިފައިވާ ޒުވާނެކެވެ. އަބްދުﷲ މުސްތާގަކީ އެކެޑެމިކް ތަޢުލީމާއި ވޮކޭޝަނަލް ތަމްރީން ދިނުމުގެ ދާއިރާއިންނާއި އިޖްތިމާއީރޮގުން ކައުންސިލިންގ ދިނުމުގައި 1998އިން ފެށިގެން ވަރަށްގިނަގުނަ ޚިދްމަތްތަކެއް ދިވެހި ކިޔަވާކުދިންނަށާއި ޒުވާނުންނަށާއި ބެލެނިވެރިންނަށް ފޯރުކޮށްދީފައިވާ އަގުގުރި ލީޑަރެއް އަދި އަޅުގަނޑުމެންގެ އެކުވެރި ޓީޗަރެއްވެސްމެއެވެ.
2010 މޭ މަހުގައި އިންޑިޔާއަށް ކުރި އަމިއްލަދަތުރު ވެގެންދިޔައީ މުސްތާގުގެ ބަލިކަމުގެ އަސްލު ހަގީގަތާ ދިމާވުމެވެ. އޭގެކުރިއަކުން މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ހޮޑުލެވުމާއި، ދުޅަވުމާއި ބޮލުގަރިއްސުމާއި ވަރުބަލިކަން އަބަދު އިހުސާސްކުރެވުމް ދިޔަނަމަވެސް ބަލީގެ އަސްލުނޭގެއެވެ. އިންޑިޔާއަށް ކުރިދަތުރުގައި ދެފައި ދުޅަވުމުގެ ސަބަބުން އިންޑިޔާގެ ކިމްސް ހޮސްޕިޓަލަށް ގެންދެވުނު އަދި ޑޮކްޓަރުން ޔަގީންކޮށްދިން މުސްތާގުގެ ދެކިޑްނީ ފެއިލްވެފަވާކަމާއި ޑައެލިސިސް ފަރުވާހޯދުމަށް ހޮސްޕިޓަލުގައި އެޑްމިޓްވާންޖެހޭކަމެވެ. މިނޫނަސް އިންޑިޔާގެ ޗެންނައިގަ ހުންނަ ގްލޯބަލް ހޮސްޕިޓަލް ސިޓީ އަދި ތްރިވަންތަޕުރަމްގައި ހުންނަ ދަ އިންޑިޔާ ހޮސްޕިޓަލް އިންވެސް ފަރުވާ ހޯދަމުން އެއްމަސް ދުވަސްފަހުން ރާއްޖެއަށް އާދެވުނެވެ. އަދި މިހާރު ގެންދަނީ އައި.ޖީ.އެމް.އެޗް އިން ޑައެލިސިސް ހަދަމުންނެވެ.
ޑޮކްޓަރުން މުސްތާގު ކިޑްނީބަލީގެ ހާލަތުވަނީ އެންމެ ފަހުސްޓޭޖްތެރޭގަކަމަށް ވަނީ ވިދާޅުވެފައެވެ. ހަށިގަނޑުގައި ކިޑްނީއިން ކުރެވެންޖެހޭ މަސައްކަތްތައްވަނީ ހުއްޓިފައެވެ. މީގެ ސަބަބުން ދާއިމީކޮށް ހަފްތާއަކު ތިންދުވަހު ޑައެލިސިސް ފަރުވާ ދިރިހުރުމަށްޓަކާ ނަގަންޖެހޭ އަދި މިކަމަށް ހަމައެކަނިއޮތް ޝިފާއަކީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމެވެ.
ޑޮކްޓަރުންގެ އިރުޝާދަކީ މުސްތާގުގެ ބަލިން ރަގަޅުވެވެން އޮތްހަމައެކަނި މަގަކީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމެވެ. މިފަރުވާއަށް ބޭނުންވާ ފައިސާ މުސްތާގުގެ އަމިއްލައަތުގައި ނެތުމާއި އެފަދަ މާލީގޮތުން އެހީތެރިކަން އާއިލާގެ ފަރާތުން ފޯރުކޮށްދެވޭންނެތުމުން މުސްތާގަށް އެހީތެރިކަން ބޭނުންވެފައިވާތީވެ އާއިލާގެ ފަރާތުންނާއި ރަހުމަތްތެރިނާއި މުސްތާގުގެ ދަރިވަރުންގެ މަދަދާއެކު މަސަކަތްކުރަމުން މިގެންދަނީ ބޭނުންވާ ފައިސާ ދީލަރި ފަރާތްތަކުގެ އެހީތަށް ލިބޭނެކަމުގެ އުންމީދުގައެވެ.
މުސްތާގުއަށް ތިޔަފަރާތުގެ އެހީ އާއި މަދަދު ބޭނުންވެ އަދި އެހީތެރިކަން ފޯރުކޮށްދެވެންއޮތް ކޮންމެވެސް ގޮތަކުން އެހީވެދެއްވުމަކީ ޒުވާނެއްގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭނެ ވަރަށްބޮޑު ހެޔޮކަމެކެވެ. މުސްތާގުގެ އެދުމަކީ އަދި އުންމީދަކީ މުސްތާގުއަށް އެހީތެރިކަމުގެ އަތެއް ދިއްކޮއްލާނެ ބޭފުޅަކަށެވެ. ތިޔައިންގެ ތެރެއިން ބޭފުޅެއްގެ އެންމެ ރުފިޔާއަކީވެސް މުސްތާގުއަށް މިއަދު ވަރަށް ބޮޑު އެއްޗަކަށްވާނެއެވެ.
ދުޢާއަކީ މުސްތާގުއަށް މާތްﷲ އަވަސް ޝިފާއެއްދެއްވުމަށް އަދި މިދުޢާ ގައި ތިބާގެ ދީލަތި އެހީތެރިކަމަށް މާތްﷲގެ ރަހްމަތުން ފާގަތި ދިރިއުޅުމަކަށް ދެއްވުމެވެ. އަދި މުސްތާގު ގެ ބައްޔަށް އަވަސް ޝިފާއެއް ދެއްވުމެވެ. ތިޔައިންގެ ތެރެއިން ކޮންމެ ބޭފުޅެއްވެސް މުސްތާގުއަށް އެހީވެލެއްވުން ކީއްތޯއެވެ. ތިބާ އަނެކާއަށް އެހީތެރިކަމަށް ބޭނުންވާނީ މާދަމާ ނޫންކަމެއްވެސް ނޭނގެއެވެ.
މުސްތާގާއި ބެހޭ އެހެނިހެން މައުޟޫމާތު ހޯއްދެވުމަށް މުސްތާގުގެ ރަހުމަތްތެރިންނާއި ދަރިވަރުން ހަދާފައިވާ ވެބްސައިޓަށް ވަޑައިގެން ބައްލަވާށެވެ. ޑޮކްޓާރީ ލިޔުންތަކާއި އެހެނިހެން މުހިންމު މައުޟޫމާތު 'ހެލްޕް މުސްތާގް.ކޮމް ގައި ހިމަނާފައިވެއެވެ. ވީހާވެސް ގިނަ ބަޔަކަށް މިއެހީގެ މެސެޖް ރައްދު ކޮށްދޭށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...