އަރަބިދުނިޔެ ޢިރާޤުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ޢަދަދު މިމަހުގެ ނިޔަލަށް 50 ހާހަށް މަދުކުރަނީ

ޢިރާޤުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ޢަދަދު މިމަހުގެ ނިޔަލަށް 50 ހާހަށް މަދުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢިރާޤުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ޢަދަދު 50 ހާހަށް މިމަހު މަދުކުރާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އިރާޤުގައި ފަނާކުރުވަނިވި ހަތިޔާރުހުރިކަމަށްބުނެ އިރާޤަށް އަރައި ވެރިކަން ވައްޓާލާ އެތަނުން އެފަދަ ހަތިޔާރެއް ހިލަމެއް ނުވެ އެތައް އަހަރެއް ފާއިތުވެފައިވަނިކޮން އެމެރިކާއިން އިރާޤު ދޫކޮށް ދާންފަށައިފިއެވެ. ހަބަރު ލިބޭ ގޮތުގައި ދެން ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ދައުރަކަށް ވާނީ ޢިރާޤުގެ ސަރުކާރަށް ބޭނުންވާ އެހީތެރިކަން އެކި ކަންކަމުގައި ފޯރުކޮށްދިނުމެވެ.

މިމަހުގެ ނިޔަލަށް އެމެރިކާގެ ސިފައިންގެ އަދަދު 50 ހާހަށް މަދުކުރާނެކަމަށް އަންގާފައިވާއިރު މިމައްސަލާގައި އެކި މީހުންގެ ހިޔާލުވަނީ ތަފާތުވެފައެވެ. އިރާޤު ސުންނާފަތިކޮށް އެމެރިކާއިން ބޯދަމައިގަންނަން އުޅޭކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު މިހާރުން މިހާރަށް އެމެރިކާ ސިފައިން އިރާޤުން ފޭބުމަށް ގޮވާލާ އަޑުތައްވެސް ވަނީ ގަދަވެފައެވެ.

ޓެގް

އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.