ވާހަކަ ސަބްރީނާ އަކީ މިފަދައިން ޢިތްފަތްތެރިކަން ފޭރިގަނެވިފައިވާ ދިހަ މީހުންގެ ތެރެއިން އެކަކު

ސަބްރީނާ އަކީ މިފަދައިން ޢިތްފަތްތެރިކަން ފޭރިގަނެވިފައިވާ ދިހަ މީހުންގެ ތެރެއިން އެކަކު

ސަބްރީނާ އަކީ މިފަދައިން ޢިތްފަތްތެރިކަން ފޭރިގަނެވިފައިވާ ދިހަ މީހުންގެ ތެރެއިން އެކަކު

ކިޔާލަން ހޭދަވާނީ 7 މިނިޓް

ފޮންޓް ސައިޒް

ސަބްރީނާ އަލް ޖަނާބީ އަކީ ޢިރާޤުގެ ރައްޔިތެކެވެ. ސަބްރީނާ ހައްޔަރު ކުރެވިފައިވަނީ ބަޣްދާދުގެ ’ހައި އަލްއާމިލް‘ ކިޔާ ސަރަހައްދެއްގައި ހުންނަ އޭނާގެ ގޭގައި ހުއްޓައެވެ. ސަބްރީނާ ހައްޔަރު ކުރެވިފައިވަނީ ކޮން ބަހާނާއެއްގެ ދަށުން ކަމެއް ނޭނގެއެވެ. ސީ.އެން.އެން ނުވަތަ ބީ.ބީ.ސީ ގެ ޚަބަރުތަކުގައި އަންނަ ”ޢިރާޤުގެ ސަލާމަތީ ބާރުތަކުން ޓެރަރިސްޓު ހަނގުރާމަވެރިންގެ 13 މީހުން ހައްޔަރު ކޮށްފި“ ފަދަ ފަލަ ސުރުޚީތަކުގައި އެބުނާ 13 ޓެރަރިސްޓު ހަނގުރާމަވެރިންގެ ތަރެއިން އެކަކު ކަމުގައި ވެދާނެ އެވެ. ސަބްރީނާގެ ހައްޔަރު ކުރުމަށް ފަހު ސަބްރީނާގެ ޢިތްފަތްތެރިކަން އެންމެ ފުރަތަމަ ފޭރިގަތް މީހުންނަކީ، އެމެރިކާއިންދޭ ޑޮލަރުކޮޅަށްޓަކައި އެބައަމީހުންގެ އަމިއްލަ މަންމަ ކަމުގައި ވިޔަސް ހަދިޔާ ކުރަން ތައްޔާރަށް ތިބި އަދި އެބައިމީހުންގެ އަމިއްލަ ދަރިން ކަމުގައި ވިޔަސް ކަތިލުމަށް ތައްޔާރަށް ތިބި، އިންސާނިޔަތުކަން ކުޑަ، މުސްލިމުންކަމަށް ދަޢުވާ ކުރަމުންދާ ޢިރާޤުގެ މި ސަލާމަތީ ބާރުގެ މީހުންނެވެ. ސަބްރީނާގެ މިވާހަކަ އަކީ އެމެރިކާއިން ޢިރާޤު އިސްތިޢުމާރު ކުރިފަހުން އަހަރުމެންނަށް އިވެމުންދާ، ޢިރާޤުގެ ރައްޔިތުން ކުރިމަތި ލަމުންދާ ސިލްސިލާ އަނިޔާވެރިކަމުގެ ދަށުން ޢިތްފަތްތެރިކަން ފޭރިގަނެވި އޭނާގެ މައިންބަފައިންނާ އަންހެން ކޮށްކޮޔާ އެކު އަންދާލެވުނު ޢުމުރުން ސާދަ އަހަރުގެ އަބީރުގެ ވާހަކަ ފަދަ ވާހަކައެކެވެ. ސަބްރީނާ ހައްޔަރުކޮށް އޭނާގެ ޢިތްފަތްތެރިކަން ފޭރިގަނެފައިވަނީ، ޅައަންހެން ކުދިން މަގުމަތިން އަތުލައިގަނެ އެމީހުންގެ ޢިތްފަތްތެރިކަން ފޭރިގަންނަމުންދާ ގޭންގުތައް ފަދަ ގޭންގަކުން ނޫނެވެ. އެހެނެއްކަމަކު، އެއީ ޢިރާޤުގެ ސަލާމަތް ބެލެހެއްޓުމުގެ ނަމުގައި ތިބެ ޢިރާޤުގެ ރައްޔިތުންގެ އެންމެހާ ޙައްޤުތަކަށް އަރައިގަނެ އަމިއްލަ ގެދޮރުގައި ތިއްބާ ހައްޔަރުކޮށް އެތައް އެތައް އަންހެނުންނެއްގެ ޢިތްފަތްތެރިކަން ފޭރެމުންދާ އެމެރިކާގެ ގޮނޑިކޮށްކޮ ސަރުކާރުގެ ކުލީ ސިފައިންނެވެ.

ސަބްރީނާ އޭނާޔާ މެދު އެމެރިކާއަށް އަޅުވެތިވެގެން ތިބި ޢިރާޤުގެ މިއަނިޔާވެރިންތައް ކަންތައް ކުރި ރަޙުމްކުޑަ ގޮތް ޖަޒީރާ ނޫހަށް ކިޔާދިނުމަށް މަސައްކަތް ކުރި އެވެ.

”އެމީހުން އަހަރެންގެ ދެއަތުގައި ހިފަހައްޓާފައި އަހަރެންނަށް ބުންޏެވެ. ’ކަލޭ ތެދު ނުބުނަނީ ކީއްވެގެން ހެއްޔެވެ؟‘ އަހަރެން އެމީހުންގާތު ބުނީމެވެ. ’އަހަރެން ބުނާނެ އެއްވެސް އެއްޗެއް ނެތެވެ.‘ ދެން ހަން ކަޅު މީހަކު އައިސް އަހަރެންގެ ދެއަތުގައި ހިފަހައްޓާފައި އަހަރެންގެ ކަނު ބަނެވެ. އަދި އަހަރެންނަށް ބުންޏެވެ. ’އެހެންވީމަ ކަލޭ ތެދަށް ވާހަކަ ދައްކާކަށް ބޭނުމެއް ނޫން ދޯއެވެ.‘ އަހަރެން ބުނީމެވެ. ’އަހަރެން މިދައްކާ ވާހަކައެއް ނޭނގޭ ހެއްޔެވެ؟‘ އަހަރެން ބުނާނެ ހަމަ އެކައްޗެއް ވެސް ނެތެވެ. އަހަރެން ބުނާނެ ހަމަ އެކައްޗެއް ވެސް ނެތެވެ. އޭގެ ތެރެއިން އެކަކު އަހަރެން ބިންމައްޗަށް އެއްލާލި އެވެ. އަހަރެން މޫނުވަތަށް ބިންމައްޗަށް ވެއްޓޭފަދަ ގޮތަކަށެވެ. ދެން އޭނާ އެކުރި ކަމެއް އޭނާ އަހަރެންނަށް ކުރިއެވެ. އެނާ އަހަރެންގެ ޢިތްފަތްތެރިކަން ފޭރިގަތެވެ. އެއަށްފަހު ދެވަނަ މީހާއެވެ. އެއަށްފަހު ތިންވަނަ މީހާއެވެ.“ ސަބްރީނާއަށް ކުރިއަށް ގެންދެވޭ ގޮތް ނުވެ ގިސްލާ ރޯންފެށުނެވެ.

ހިނދުކޮޅަކަށް ފަހު އަނެއްކާވެސް ކިޔާދެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ”އަހަރެން ރޮއެ އެމީހުން ގާތު އާދޭސްކުރަމުން ދިޔައީމެވެ. އަދި އެތަނުން އެކަކު އަހަރެންގެ އަނގަ މަތީ އަތް އެޅި އެވެ.“

ސަބްރީނާ އަށް ހިފެހެއްޓުމެއް ނެތި ރޮވެމުން ދިޔައެވެ. ”އެތަނުން އެހެން މީހަކު އައިސް އަހަރެންގެ މައްޗަށް ފާވެގަނތްފާ އޮތް މީހާ އަށް ބުންޏެވެ. ’ކަލޭ ނިމިއްޖެ ހެއްޔެވެ؟‘ ދެން އޭނަވެސް އަހަރެންގެ ޢިތްފަތްތެރިކަން ފޭރުނެވެ. އިރުކޮޅެއް ފަހުން އެމީހުން، އެމެރިކާ މީހުންގެ ކޮމެޓީއެއް އަންނަ ވާހަކަ ދައްކާ އަޑު އަހަރެން އެހީމެވެ. އެހެންކަމުން އެމީހުން އަހަރެން، (އެއައި ކޮމެޓީގައި އައި) ފަނޑިޔާރެއް ގާތަށް ގެންދިޔައެވެ. ފަނޑިޔާރު ވާހަކަ ދައްކަން ފެށިއެވެ. އަދި ކަލޭ އެއްވެސް ނުބައިކަމެއް ނުކުރަމު ހެއްޔޭ ސުވާލު ކުރިއެވެ. ކަލެއާ މެދު އެއްވެސް މީހަކު ރަގަޅަށް ކަންތައް ނުކުރޭހޭ، އަދި ކަލޭގެ ގާތްތިމާގެ މީހަކު ނުހުރޭހޭ ވެސް ސުވާލު ކުރި އެވެ. އަހަރެން ނޫނެކޭ ބުނީމެވެ. އޭނާ ބުންޏެވެ. ’ކަލެއަށް ޔަޤީން ހެއްޔެވެ؟‘ އަހަރެން ބުނީމެވެ. ’އާ އަހަރެންނަށް ޔަޤީނެވެ.‘ ދެން އެތަނުން ދެތަރި އެރި އޮފިސަރަކު އަހަރެންގެ އުރަމަތީގައި އަތްއެޅިއެވެ. އަދި ކަލޭގެ އިންނަނީ ހާދަ ރީތި އުރަމައްޗެކޭ ބުންޏެވެ. އަހަރެން ބުނީމެވެ. ’ކަލޭ ތިއުޅެނީ އަހަރެންގެ ފަރާތުން ކޮންކަމެއް ބޭނުން ވެގެން ހެއްޔެވެ؟‘ އަހަރެން މިހެން ބުނުމުން އެނާ އަހަންނާ ދިމާލަށް، ކަލެއަށް ރަގަޅުގޮތް ބޭނުންނަމަ އަނގަމަޑުންލައިގެން ހުންނާށޭ ބުންޏެވެ. “

ސަބްރީނާ އޭނާ ތަޙައްމަލު ކުރި އަނިޔާވެރިކަން އިތުރަށް ކިޔާދިނެވެ. ”އެތަނުން (ސިފައިންގެ އޮފިސަރުންގެ ތެރެއިން) އެކަކު ގާތު އާދޭސްކޮށް އަހަރެން ބުނީމެވެ. ’ކަލޭގެ މަންމަ އާއި ބައްޕަގެ ޙައްޤުގައި ބުނަމެވެ. އަހަރެން ދޫކޮށްލާށެވެ.‘ އޭނާ ބުންޏެވެ. ’ނޫނެކެވެ. އަހަރެންގެ މަންމަގެ ފުރާނައިގެ ޙައްޤުގައި ކަލޭ ދޫކޮށްލާނަމެވެ. އެހެންނަމަވެސް ކަލޭގެ ކިބައިން އަހަރެން ކަމެއް ބޭނުމެވެ.‘ އަހަރެން ބުނީމެވެ. ’ކޮން ކަމެއް ހެއްޔެވެ؟‘ އޭނާ ބުންޏެވެ. ’އަހަރެން ކަލޭއާ އެކު ޒިނޭ ކުރުމަށް ބޭނުމެވެ.‘ އަހަރެން ޖަވާބުގައި ބުނީމެވެ. ’އަހަންނަކަށް ތިކަމެއް ނުވާނެއެވެ.‘ މިހެން ބުނުމުން މީހަކު އައިސް އަހަރެން ކޮޓަރިއަކަށް ގެންދިޔައެވެ. އެތަނުގައި ބަޑިއެއް ވެސް ހުއްޓެވެ. ދެން އެ ސިފައިންގެ އޮފިސަރު އައެވެ. އަދި އެމީހާ އަށް ބުންޏެވެ. ’އޭނާ އަހަރެންނަށް ދޫކޮށްލާށެވެ.‘ އަހަރެން ޤުރުއާނާއި ނަބިއްޔާ (صلى الله عليه وسلم) ހެކިކޮށް ބުނީމެވެ. އަހަރެން އެއްވެސް ކަމެއް ނުކުރަމެވެ. އޭނާ އަހަރެންނާ ދިމާލަށް ބުންޏެވެ. ’ކަލޭ އެއްވެސް ކަމެއް ނުކުރަމޭ؟‘ އަހަރެން އާއެކޭ ބުނެ ޖަވާބު ދިނީމެވެ.“

ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހޮރޭ ޙާލު ސަބްރީނާ ކިޔާދެމުން ގެންދިޔައެވެ. ”ގަނޑު ރަބަރުން ހަދާފައިވާ ކަޅު މުގުރު ބުރިއެއް އޭނާ ނެގިއެވެ. އަދި އަހަރެންގެ ފަލަމަސްގަނޑު މަތީގައި އޭގެން ވަރަށް ބާރަށް ޖެހިއެވެ.“

ލޯ ކަރުނައިން ތެމިފައިވާ ޙާލު ސަބްރީނާގެ ވާހަކަ ފުރިހަމަ ކުރެވޭތޯ މަސައްކަތް ކުރިއެވެ. ”އަހަރެން އޭނާއަށް ބުނީމެވެ. ’ކަލޭ އަހަރެންގެ ކިބައިން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ ކަލޭ ބޭނުންވަނީ، ކަލޭ އަހަންނާ އެކު ޒިނޭ ކުރުމަށް އަންނާށޭ އަހަރެންގެ އަނގައިން ބުނުވަން ހެއްޔެވެ؟ އަހަރެންނަކީ އެމުޑުދާރު ނަޖިސް ކަސްބީ އަންހެނުން ފަދަ މީހެއް ނޫނެވެ.‘ ދެން އޭނާ އަހަރެންނާ ދިމާލަށް ބުންޏެވެ. ’އަހަރުމެން ބޭނުންވާ މީހެއްގެ ކިބައިން އަހަރުމެން ބޭނުންވާ އެއްޗެއް ފޭރިގަންނަމެވެ. އަދި ބޭނުން ނުވާ މީހަކު ނަމަ މަރާލަމެވެ. “‘

ސަބްރީނާއަށް ކުރިމަތިލާން ޖެހުނު މިއަނިޔާވެރިކަން އިތުރަށް ކިޔާދިނުމަށް ލަދުވެތިވާ ޙާލު އޭނާގެ ލޯމަތީ އަތް އެޅިއެވެ. އަދި ބުންޏެވެ. ”އިތުރަށް މިވާހަކަތައް ކިޔާދޭނެ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތެވެ. އަހަރެންނަށް މިވާހަކަތައް ފުރިހަމަކޮށެއް ނުދެވޭނެ އެވެ...“

އަނެއްކާ ވެސް ސަބްރީނާ ކިޔާދެވޭތޯ މަސައްކަތް ކުރިއެވެ. ”އަހަރެން އޭނާއަށް ބުނީމެވެ. ’ކަލޭމެން ތިޔަ އައީ ހަތިޔާރު ހޯދާކަށް ނޫންހެއްޔެވެ؟ ވީއިރު ކަލޭމެން އަންހެނުން ތިހޯދަނީ ކީއްކުރަން ހެއްޔެވެ؟‘ އެނާ ބުންޏެވެ. ’މިއީ އުފާކުރުމެވެ. އަހަރުމެން އަންހެނުންގެ ކިބައިން އުފާ ލިބިގަންނަމެވެ. އަދި ކުއްތާއެއްފަދައިން އެއަންހެނާ އެއްލާލަމެވެ.‘ އަހަރެން އޭނާއާ ދިމާލަށް ބުނީމެވެ. ’އެ އަންހެން ކުއްޖެއްގެ ޙައްޤުގައި ކަލޭއާ ދިމާލަށް އެހެން މީހަކު އައިސްދާނެ ކަމަށް ކަލޭ ބިރުނުގަނޭ ހެއްޔެވެ.‘ މިހެން ބުނުމުން އޭނާ ބުންޏެވެ. ’އެއްވެސް މީހަކަށް އަހަރެމެންނެއް ނުހުއްޓުވޭނެއެވެ. އަދި އަޑު އަހާށެވެ. އަހަރުމެން ހަތަރު މީހުން ކަލެއަށް މިހެން ހެދި ވާހަކަ އެއްވެސް މީހަކު ގާތު ބުނެއްޖެ ނަމަ ކަލޭ މަރާލާނަމެވެ.‘ އަދި އޭނާ ބުންޏެވެ. ’ކަލޭ އަލްއާމިލް ސަރަހައްދުގައި ހުރިކަމުގައި ވިޔަސް ކަލޭ މަރާލާނަމެވެ.‘ އެތަނުން އެކަކު އަހަރެންގެ ވީޑިއޯ ވެސް ކުރިއެވެ. އަހަރެން އެގޮތް ބޭނުން ނުވާތީ މޫނު އަނބުރާލުމުން އޭނާ އަތުން އަހަރެންގެ މޫނުމަތީގައި ޖެހިއެވެ. އަދި ބުންޏެވެ. ’ކެމެރާއަށް ބަލާށެވެ. ކަލޭ އަހަރުމެންނަށް އިނގޭނީ އޭރުންނެވެ.‘ އަދި ކަލޭ އަލްއާމިލް ގައި ހުރެއްޖެނަމަ ކަލޭ މަރާނަމޭ ބުންޏެވެ.

މިނިކަމެތި އުޚުތާއަށް ބަލާލުމުން ތިބާއަށް ސިފަވަނީ ކޮންކަމެއް ހެއްޔެވެ؟ ހިތާމަޔާއި ހިތްދަތިކަމާއި ވޭނާ ކެކުޅުން ފިޔަވާ އެހެން ކަމެއް ފެނޭ ހެއްޔެވެ؟ އަހަރެމެންނަށް ފަހެ މިނިކަމެތި އުޚުތުންގެ ޙައްޤުގައި ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ މިނިކަމެތި ޙާލުގައިވާ އުޚުތާ ފެނިފައިވާ ޣައިރު މުސްލިމަކުވެސް އޭނާގެ ޙާލާ މެދު ޙަމްދަރުދީ ވެދާނެ އެވެ. އަދި ނުރުހުން ތެރިކަމުގެ ބަސްތަކެއް ފާޅުވެސް ކޮށްފާނެ އެވެ. ނަމަވެސް ހިތާމަވެރި ފިލުމެއް ބަލާލުން ފަދަ ކަމެއް ކަމުގައި މެނުވީ އެމީހުންނަށް މިކަން ނުވާނެ އެވެ. މިއީ އަހަރެމެންގެ އިސްލާމީ އުއްމަތުގެ ދަރިއެކެވެ. އަހަރެމެންގެ ޙާލު އެ ޣައިރު މުސްލިމުންނަށް ވުރެ ދެރައޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އެމެރިކާގެ އަޅުވެތިކަމުގެ ދަށުވެފައިވާ މިފިނޑި މުސްލިމުން ކަމަށް ދަޢުވާ ކުރާ ޤައުމުތަކަށް ކުރެވެނީ ފަހެ ކޮންކަމެއް ހެއްޔެވެ؟ އިއްޔެ މިނިކަމެތި އަންހެނުންނާ ކުޑަކުދިން ވޭތު ކުރަމުން ދިޔަ މިނިވަން ކަމުގެ ދުވަސްތައް އަލުން ހޯދައި ދޭނީ ފަހެ ކާކު ހެއްޔެވެ؟ ﷲ އަށް ބިރުވެތިވާ ޙާލު އެބައިމީހުންގެ ޢިތްފަތްތެރިކަން ރައްކާތެރިކުރަމުން އައި ކުށެއް ނެތް އެ އުޚުތުންގެ ގެއްލިފައިވާ ޢިތްފަތާއި އަބުރު އަނބުރާ ހޯދައި ދެވޭނީ ފަހެ ކާކަށް ހެއްޔެވެ؟ އިއްޔެ އެކަނބަލުންގެ އެ ގެތައް ވީ ރައްކާތެރި ތަންތަން ކަމުގައެވެ. ނަމަވެސް އެއީ މިހާރު މާޒީއާ އެކުވެ ގޮސްފައިވާ ޞަފްޙާ ތަކެކެވެ.

ސަބްރީނާ އަކީ މިފަދައިން ޢިތްފަތްތެރިކަން ފޭރިގަނެވިފައިވާ ދިހަ މީހުންގެ ތެރެއިން އެކަކު ހެއްޔެވެ. ނުވަތަ ސަތޭކައަކުން އެކަކު ހެއްޔެވެ؟ ނުވަތަ އެބައެއްގެ ޢަދަދު ﷲ ފިޔަވާ އެހެން ފަރާތަކަށް އެނގިގެން ނުވާ އެތައް އެތައް ބައެއްގެ ތެރެއިން އެކަކު ހެއްޔެވެ؟ އާއެކެވެ. ސަބްރީނާ އަކީ ވެސް، ޢިރާޤާއި އަފްޣާނިސްތާނާ އަދި މިނޫނަސް ދުނިޔޭގެ އެތަން މިތަނުގެ ޖަލުތަކުގައި ރެޔާ ދުވާލު ޢިތްފަތްތެރިކަން ފޭރިގަނެވެމުންދާ ޢަދަދު ނުކުރެވޭ ފަދަ އެތައް ބައެއްގެ ތެރެއިން އެކަކެވެ. މިއީ ވެސް ހަމަ އަހަރެމެންގެ ތެރެއިންވާ އުޚުތެކެވެ. ދަރިއެކެވެ. ރަޙްމަތްތެރި އެކެވެ. އަދި މަންމަ އެކެވެ. ތިބާ އަކީ މުސްލިމެއް ކަމުގައި ދައުވާކުރާ ޙާލު މިނިކަމެތި އުޚުތުންގެ ޙައްޤުގައި ތިބާއަށް ކުރެވެނީ ފަހެ ކޮންކަމެއް ހެއްޔެވެ؟

އޭ ލޮބުވެތި އަޚުންނޭވެ! އަހަރެމެން ކޮންމެ މީހަކީ ހަމަކަށަވަރުން މަރުވާނެ މީހެކެވެ. މަރުވަނީ އަހަރުމެންގެ މައްޗަށް ކަނޑައެޅި ލިޔެވިގެންނެވެ. އެވަގުތަކީ އަވަސްވާނޭ އަދި ލަސްވެސް ވާނޭ ވަގުތެއް ނޫނެވެ. މަރުވާ ހުށީ ހަމަ އެކަނި އެންމެ ފަހަރަކު އެވެ. ވީހިނދު އެމަރަކީ މިނިކަމެތި އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުގައި، އިސްލާމްދީނުގެ ޢިތްޒަތުގެ ޙައްޤުގައި، ﷲ ތަޢާލާގެ ކަލިމަފުޅު މަތިވެރިކުރުމަށްޓަކައި ހަނގުރާމަކޮށް ޝަހީދެއްގެ ގޮތުގައި ވެގެންދާ މަރެއްކަމުގައި ވޭތޯ ގަދައަޅާ މަސައްކަތް ކުރަމާ ހިނގާށެވެ.

ޓެގް

ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.