އެމެރިކާއިން ދައްކާ ބިރު އަމަލީ މައިދާނަށް ނެރޭވަރުގެ ފުރިހަމަ ބާރެއް އެމެރިކާގެ ނެތް ކަމަށް އިރާނުން ބުނެފިއެވެ.
އެމެރިކާގެ ހަރުކަށި އިންޒާރުތައް އީރާންއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އިރާނުގެ ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު އަލީ ޖައުފަރީ ވިދާޅުވެފައިވަނީ "އީރާނުގެ ލަޝްކަރުތައް އެގައުމާއި ދެކޮޅަށްއަޅާ އަސްކަރީ ފިޔަވަޅަކަށް ރައްދުދިނުމަށް ތައްޔާރަށް އޮތްކަމަށާއި އެމެރިކާއަކީ އެމީހުން ދައްކާ ބިރު އަމަލީ މައިދާނަށް ނެރޭވަރުގެ ފުރިހަމަ ބާރެއް ލިބިފައިވާބައެއް ނޫން" ކަމަށެވެ.
އިރާނުން އެމެރިކާގެ އެނގުންތަކަށް ބޯނުލެނބުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާއިން ދަނީ ތަފާތު ފިއްތުންތައް އިރާނާއި މެދު އަޅަމުންނެވެ. އެހެނަސް އިރާނުގެ ބަސްމަގު ހުރީ އެހެން ގައުމުތަކާއި ޚިލާފަށެވެ. މިފަދަ ހާލަތެއްގައިވެސް އިރާނުން ބުނަމުންދަނީ "ޓެރަރިޒަމާއި ހަނގުރާމަކުރުމުގެ ނަމުގައި އެމެރިކާގެ އަސްކަރީ ބާރުތައް މެދުއިރުމަތި އިސްތިއުމާރު ކުރުމަށްޓަކައި އިރާގަށާއި އަފްޣާނިސްތާނަށް ޖަމާކޮށްފިކަމަށާއި އީރާނުގެ އަސްކަރިއްޔާއާއި ރޫހީ ހިތްވަރާއި ބާރަކީ އެމެރިކާއިން ދައްކާ ބިރުތަކުގެ އަމަލީ ހަރަކާތަކަށް އައުމުގެ ހިތްވަރެއް އޮތްބައެއް ނޫން" ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...