އެފްރިކާ މިސްރުގައި ޤާނޫނު ހެދުމުގެ ބާރުތައް އަސްކަރިއްޔާއިން ޤާނޫނު ހަދާ މަޖިލީހަށް ދީފި

މިސްރުގައި ޤާނޫނު ހެދުމުގެ ބާރުތައް އަސްކަރިއްޔާއިން ޤާނޫނު ހަދާ މަޖިލީހަށް ދީފި

މިސްރުގައި ޤާނޫނު ހެދުމުގެ ބާރުތައް އަސްކަރިއްޔާއިން ޤާނޫނު ހަދާ މަޖިލީހަށް ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުސްނީ މުބާރަކްގެ ޒަމާންވީ ވެރިކަން ވެއްޓުމަށްފަހު އެ ގައުމުގައި ފުރަތަމަ ފަހަރަށް އިންތިހާބުކުރި ގާނޫނު ހަދާ މަޖިލީހަށް، ގާނޫނު ހެދުމުގެ ބާރުތައް އަސްކަރިއްޔާއިން ދީފިއެވެ.

މުބާރަކްގެ 30 އަހަރުގެ ވެރިކަމަށް ފަހު ބޭއްވި އިންތިހާބުގައި ދީނީ ޕާޓީތައް ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާފައެވެ. އެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވަނީ ބާއްވާފައެވެ.

މުބާރަކްގެ ވެރިކަމަށް ފަހު މިސްރުން ފެނުނު ޑިމޮކްރަޓިކް ފުރަތަމަ ބަދަލުގެ ގޮތުގައި، ގާނޫނު ހަދާ މަޖިލިސް ގިނަ ބަޔަކު ބަލައިގެންފައި ވާއިރު އެ މަޖިލީހުގެ ރައީސަކަށް ހޮވާފައި ވަނީ އިހްވާނުލް މުސްލިމޫންގެ މުހައްމަދު ސައުދު ތައުފީގު އަލް ކަތަތާނީއެވެ.

ގާނޫނު ހަދާ މަޖިލީހަށް ހުރިހާ ބާރުތަކެއް ދީފިކަމަށް އަސްކަރިއްޔާ އިން ބުނެފައި މިވަނީ ގާނޫނު އަސާސީ ހެދުމުގެ މަސައްކަތަށް ސިފައިން ބާރު ފޯރުވަން އުޅޭ ކަމަށް ބުނެ ޝަކުވާތައް ގިނަވެފައި ވަނިކޮށެވެ. ނަމަވެސް ދީނީ ޕާޓީތަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމާ އެކު ހުޅަނގުގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަނެއްކޮޅުން ބައެއް ފަރާތްތަކުން ދަނީ މިސްރުގައި އަދިވެސް ވެރިކަންކުރަނީ އަސްކަރިއްޔާއިން ކަމަށް ވާތީ، ގާނޫނު ހަދާ މަޖިލީހުގެ ހަގީގީ ދައުރަކީ ކޮބައިތޯ ވެސް ސުވާލު އުފައްދަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.