އެފްރިކާ ބަޖެޓަށް އައި ބަދަލުގެ ސަބަބުން އަސްކަރިއްޔާ ހީނަރުނުވާނެ : ޕަނެޓާ

ބަޖެޓަށް އައި ބަދަލުގެ ސަބަބުން އަސްކަރިއްޔާ ހީނަރުނުވާނެ : ޕަނެޓާ

ބަޖެޓަށް އައި ބަދަލުގެ ސަބަބުން އަސްކަރިއްޔާ ހީނަރުނުވާނެ : ޕަނެޓާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ދިފާޢީ ބަޖެޓް ކުޑަވެފައިވީ ނަމަވެސް އެމެރިކާގެ ކަނޑުގެ ފްލީޓުގެ މަނަވަރުތަކުގެ ޢަދަދު މަދުނުކުރާނެކަމަށް ދިފާޢީ ވަޒީރު ލިޔޮން ޕަނެޓާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ޤައުމީ ސަލާމަތަށްޓަކައި ބިޔަ މަނަވަރުތައް ވަރަށް މުހިއްމު ކަމުގައެވެ.

ޖޯޖިޔާގެ އައްސޭރިފަށުގައިއޮތް މަނަވަރެއްގައި ހުންނަވައިގެން ދެއްވި ބަޔާނެއްގައި ޕަނެޓާ ވިދާޅުވީ އެމެރިކާގެ ޤައުމީ މަސްލަޙަތު އޭގެ އެންމެ ފުރިހަމަގޮތުގައި ޙިމާޔަތްކުރުމަށްޓަކައި ދުނިޔޭގެ ކޮންމެތަނަކަށް ބޭނުންވާ ކޮންމެ ހިނދެއްގައި އަވަހަށް ބުރަހެލިކަމެއްނެތި ޙަރަކާތްތެރިވުމުގެ ޤާބިލްކަން ހުރުމަކީ އެމެރިކާގެ ޢަސްކަރީ ޢަޤީދާގެ އެންމެ މުހިއްމު އެއްއަސާސް ކަމުގައެވެ.

ދިފާޢީ ބަޖެޓް ކުޑަވެފައިވީ ނަމަވެސް އެމެރިކާގެ ކަނޑުގެ ފްލީޓުގެ މަނަވަރުތަކުގެ ޢަދަދު މަދުނުކުރުމަށް ރައީސް ބަރަކް އޮބާމާ ނިންމެވީ މިކަމަށް ރިޢާޔަތް ކުރައްވައިގެން ކަމަށް ޕަނެޓާ ވިދާޅުވިއެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ ޚިދްމަތުގައި 11 ފްލީޓް އޮންނައިރު މިއިން ކޮންމެ ފްލީޓެއްގައި މަތިންދާބޯޓު އުފުލާ ބިޔަ މަނަވަރެއް އޮވެއެވެ. އެމެރިކާ ޤައުމަކަށް ބިރުދައްކަންވެއްޖެނަމަ މަތިންދާބޯޓު އުފުލާ ބިޔަ މަނަވަރަކާއެކު މިއިން ކޮންމެވެސް ފްލީޓެއް އެޤައުމެއްގެ ކަނޑުގެ އައްސޭރިފަށަށް ފޮނުވައި އެމެރިކާގެ އަސްކަރިއްޔާގެ ބާރުހުރި މިންވަރު ދައްކަމުން ދެއެވެ.

އެމެރިކާ މިހާރުވެސް އީރާނުގެ ކަނޑުގެ ސަރަޙައްދު ކައިރިއަށް ދެމަނަވަރު ފޮނުވާފައިވާއިރު މިއީ ޤަދީމީ އިސްތިޢްމާރުގެ ދުވަސްވަރުގެ ޕޯޗްގަލްއާއި އިނގިރޭސިވިލާތްފަދަ އިސްތިޢްމާރީ ބާރުތަކުން ހިންގި ބާވަތުގެ ބިރުދެއްކުމުގެ ޢަމަލުތަކެއް ކަމަށް އީރާނުން ސިފަކުރެއެވެ.

އެމެރިކާގެ ދިފާޢީ ބަޖެޓުން މިއަހަރު 260 ބިލިޔަން ޑޮލަރު އުނިކުރުމުގެ އިތުރުން އެމެރިކާގެ އިޤްތިސާދު އަޑިގަނޑެއްގައި އޮތުމުން އެމެރިކާގެ ޢަސްކަރީ ބާރަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.