މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ދުވަސްވަރު އެޤައުމުގައި ހަރަކާތްތެރިވުން މަނާކޮށްފައި އޮތް އިހްވާނުލް މުސްލިމޫން ޕާޓީ އަލުން ސިޔާސީ މައިދާނަށް ނިކުމެ، ގާނޫނު ހަދާ މަޖިލީހުގެތިން ބައިކުޅަ ދެ ބަޔަށް ވުރެ ވެސް ގިނަ ގޮނޑި ކާމިޔާބު ކޮށްފިއެވެ.
މުބާރަކްގެ ޒަމާންވީ ވެރިކަމަށް ފަހު މިސްރުގައި ބޭއްވި ފުރަތަމަ އާންމު އިންތިހާބުގެ ރަސްމީ ނަތީޖާ މިހާރު އިއުލާނުކޮށްފައި ވާއިރު އިހްވާނުލް މުސްލިމޫންގެ ފަރާތުން ނިކުތް ޢަދާލާތު ވަލް ހުއްރިއްޔާޕާޓީ (އެފްޖޭޕީ) އަށް 235 ގޮނޑި ލިބިފައިވާކަމަށް އިންތިހާބުގެ ކަންތައް ބަލަހައްޓާ ކޮމިޓީގެ ވެރިޔާ އަބްދުލް މުއީޒް އިބްރާހިމް ވިދާޅުވެފައިވެއެވެ. އެއީ މަޖިލީހުގެ 47.18 ޕަސެންޓެވެ.
ދެން އެންމެ ގިނައިން ގޮނޑި ލިބުނީ އައް ނޫރް ޕާޓީއަށެވެ. އެ ޕާޓީ އަށް 121 ގޮނޑި ލިބިފައި ވާއިރު އެއީ 24.29 ޕަސެންޓެވެ. އަދި ވަފްދު ޕާޓީ އަށް ލިބުނީ މަޖިލީހުގެ ނުވަ ޕަސެންޓެވެ.އެންމެ މަދުން، މަޖިލީހުގެ ހަތް ޕަސެންޓާ އެކު ފުލަށް ދިޔައީ އިސްލާމް ދީނަށް އިހާނެތި ވާހަކަތަކެއް ދެއްކުމުގެ ތުހުމަތުގައި މިހާރު ދައުވާ ލިބިފައިވާ ނަޖީބް ސާވީރީސް ނިސްބަތްވާ އިޖިޕްޝަންބްލޮކްއަށެވެ.
މިސްރުގެ ގާނޫނު ހަދާ މަޖިލިސް، ޕީޕަލްސް އެސެންބްލީ އެކުލެވިގެން ވަނީ 498 މެންބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން 10 މެންބަރުންނަކީ މިހާރު ވެރިކަންކުރާ އަސްކަރިއްޔާ އިންއައްޔަންކުރާ ބޭފުޅުންނެވެ. އަލަށް އިންތިހާބުކުރި މަޖިލީހުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު މުބާރަކް ވެރިކަމުން އިސްތިއުފާ ދެއްވައި، ގައުމަށް ޑިމޮކްރަޓިކް އިސްލާހުތައް ގެންނަން ކުރަމުންދާ މަސައްކަތުގައި އާންމުންގެ ތާއީދު ދީނީ ފަރާތްތަކަށްބޮޑުވުމާ އެކު ހުޅަނގުގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...