މިއަހަރުގެ ޙައްޖުމޫސުމުގައި ޙައްޖާޖީން އުފުލުމަށް ރޭލު ބޭނުންކުރާނެކަމަށް ސައޫދީޢަރަބިއްޔާގެ ޙައްޖާބެހޭ މިނިސްޓަރު ހާމަކޮށްފިއެވެ.
މިނިސްޓަރު ފުއާދު ޢަބްދުއްސަލާމް އަލް ފާރިސީ ވިދާޅުވީ މައްކާގައި އަލަށް ޤާއިމުކުރާ ރޭލުދަތުރުފަތުރުގެ މަސައްކަތް މުޅިން ނިންމާލެވޭނީ މިއަންނައަހަރުގައިކަމަށެވެ. މިއަހަރު ޙައްޖުކުރުމަށްޓަކައި 1.7 މިލިއަންމީހުން މައްކާއަށް ޒިޔާރަތްކުރާނެކަމަށް ލަފާކުރާކަމަށާއި ފާއިތުވި 8 މަސްދުވަހުގެތެރޭގައި 2.6 މިލިއަންމީހުން ޢުމުރާކުރުމަށް އައިސް ގޮސްފައިވާކަމަށް ޢަބްދުއްސަލާމް އަލް ފާރިސީ ވިދާޅުވިއެވެ.
މިއަހަރުގެ ޙައްޖުމޫސުމުގައި ޖަމްރާގައި ޙައްޖާޖީންނަށް ފިނިކުރުމަށްޓަކައި ފިނިކުރާ ސިސްޓަމެއް ހަރުކުރާނެކަމަށް ސައޫދީޢަރަބިއްޔާގެ މުނިސިޕަލް އެންޑް ރޫރަލް މިނިސްޓަރު ޑރ.ޙަބީބް ޒައިނުލްޢާބިދީން ވިދާޅުވެފައިވެއެވެ. އަދި މީގެސަބަބުން ޙައްޖާޖީންނަށް ކުރިމަތިވާ ހޫނުން ވަރަށްބޮޑަށް ސަލާމަތްވެވޭނެކަމަށްވެސް ޑރ.ޙަބީބް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...