އިޒްރާއިލުގެ އަސްކަރިއްޔާގެ ޓޭންކްތަކަކުން ޣައްޒާގެ ދަނޑުބިންތަކަކަށް ހަމަލާދީ އެތަން ސުންނާފަތިކޮށްލާފިއެވެ.
ޚަބަރުތައް ބުނާގޮތުން ޣައްޒާގެ އުތުރުގައި ހުންނަ ދަނޑުވެރިކަމަށް ބޭނުން ކުރާ ސަރަޙައްދަށް އިޒްރާއިލުގެ ޙައްދުފަހަނަ އަޅާފައިވާ ސިފައިން ވަދެ އެ ސަރަޙައްދު ވަނީ ހަލާކުކޮށްލާފައެވެ.
މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މަރުވިކަމަކަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.
ދަނޑުވެރިކަމުގެ ބިންތަކުގެ އިތުރުން ބައެއް ގޭ ތަށްވެސް އިޒްރާއިލު ސިފައިންވަނީ ހަލާކުކޮށްލާފައެވެ. މި ގޭތަކަކީ އިޒްރާއިލުން ނުހައްޤުން ފަލަސްތީނުގެ ރައްޔިތުންގެ އަތުން ފޭރިގަނެފައިވާ ބިންތަކުގައި ހުރި ގޭ ތަކެކެވެ.
ހައްދުފަހަނައަޅައިފައިވާ އިޒްރާއިލުގެ ސިފައިން ފަލަސްތީނުގެ ކުށެއްނެތް އާއްމުންނަށް ދަނީ އެކި ގޮތްގޮތުން ހަަމަލާތަށް ދެމުންނެވެ. އެމީހުންގެ ގޯތިގެދޮރަށާއި މުދަލަށް އަދި ހުރުމަތްތެރިވެގެންވާ މިސްކިތްތަކަށް އިޒްރާއިލުގެ ސިފައިންދަނީ ހަމަލާދެމުންނެވެ. އަދި މި ޖައްބާރު ޖާހިލުން ކުށެއްނެތް އަދި މަޢުސޫމް އެތަށް ފަލަސްތީނު ރައްޔިތުން ދަނީ މަރަމުންނެވެ.
މީގެ ކުރިންވެސް އިޒްރާއިލުންވަނީ ފަލަސްތީނު ރައްޔިތުންގެ ދަނޑުބިންތަކަށް ތަފާތު ގެއްލުންތައް ދީފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...