ދިއިސްލާމް އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން މިނިވަންކުރި ފަލަސްޠީނުގެ އަސީރުން އިޒްރޭލުން ދެވަނަ ފަހަރަށް ހައްޔަރުކުރަން ފަށައިފި

އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން މިނިވަންކުރި ފަލަސްޠީނުގެ އަސީރުން އިޒްރޭލުން ދެވަނަ ފަހަރަށް ހައްޔަރުކުރަން ފަށައިފި

އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން މިނިވަންކުރި ފަލަސްޠީނުގެ އަސީރުން އިޒްރޭލުން ދެވަނަ ފަހަރަށް ހައްޔަރުކުރަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދާދިފަހުން ޙަމާސް އާއި އިޒްރޭލާ ދެމެދު ވެވުނު އަސީރުން ބަދަލުކުރުމުގެ މުޢާހަދާގެ ދަށުން އިޒްރޭލުގެ ޖަލުން މިނިވަންކުރެވުނު އަސީރުންގެ ތެރެއިން މީހަކު އިޒްރޭލުން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފަލަސްޠީނުގެ އަސީރުންނާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި "ތުލްކަރަމްގެ" "ޤަފީން" އަވަށަށް ނިސްބަތްވާ ކުރީގެ އަސީރެއްކަމުގައިވާ ޢާޔަދް މުޙައްމަދު ހިރްޝާ (46 އަހަރު) ވަނީ އިޒްރޭލުގެ ޗެކްޕޮއިންޓަކަށް މަޑުކުރުވުމަށް ފަހު ހައްޔަރުކޮށްފައެވެ. އޭނާ އާއެކު އޭނާގެ ބޭބެ އާއި ބޭބެގެ އަންހެނުންނާއި ދަރިފުޅުވެސް ވަނީ ހައްޔަރުކޮށްފައެވެ. ޢާޔަދް ވަނީ އިޒްރޭލުގެ އަނިޔާވެރި ޖަލުގައި 23 އަހަރު ވޭތުކޮށްފައެވެ.

އިޒްރޭލުގެ މި ޚިޔާނާތްތެރި ޢަމަލު ކުއްވެރިކުރަމުން އަސިރުންނާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި މިއީ ޙަމާސް އާއި އިޒްރޭލާ ދެމެދު ވެވުނު އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފް ޢަމަލެކެވެ. އަދި އެވުޒާރާ އިން ވަނީ އިޒްރޭލުން އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރުމަށް ބާރުއަޅައިދިނުމަށް މިޞްރަށާއި މިކަމުގައި އިސްވެ އުޅުނު އެހެން ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ބުރުގެ އަސީރުން ދޫކުރެވުނީ މިދިޔަ އޮކްޓޯބަރު މަހުއެވެ. ދެވަނަ  ބުރުގެ އަސީރުން މިނިވަންކުރުމަށް މިހާރު ބާކީ އޮތީ ހަފްތާކޮޅެކެވެ.

ޓެގް

ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.