ދިއިސްލާމް އާޝޫރާ ދުވަހާއި ދިމާކޮށް އަފްޣާނިސްތާނުގައި 56 ޝީޢީން މަރާލައިފި

އާޝޫރާ ދުވަހާއި ދިމާކޮށް އަފްޣާނިސްތާނުގައި 56 ޝީޢީން މަރާލައިފި

އާޝޫރާ ދުވަހާއި ދިމާކޮށް އަފްޣާނިސްތާނުގައި 56 ޝީޢީން މަރާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އާޝޫރާ ދުވަސް ފާހަގަ ކުރުމަށް އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގައި ހުންނަ ހައްދުފަހަނައަޅާފައިވާ ޝިޔައީ ރާފިޟީންގެ މުގައްދަސް ތަނަކަށް އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 56 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

އަފްޣާނިސްތާން ފުލުހުންގެ އިސް އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާ ޓީވީން ހާމަކޮށްފައިވާ ގޮތުގައި ކާބުލްގެ މެދުތެރޭގައި އިއްޔެ ދިން އެ ހަމަލާގައި 56 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާއާ ބެހޭ އިތުރު ތަފުސީލު އަދި ނުލިބޭ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

މިހަމަލާ އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީ ވަރަށްބޮޑަށް ކުށްވެރި ކުރައްވާފައިވެއެވެ. އަދި އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު ކަރުޒާއީ އެނބުރި އަފްޣާނިސްތާނަށް ވަޑައިގެންފައިވާ ކަމަށްވެސް ޚަބަރު ލިބިފައިވެއެވެ.

 އާޝޫރާ ދުވަހަކީ ހުސައިންގެފާނު ކަރުބަލާގައި ޝަހީދު ކުރި ހާދިސާގެ ހިތާމަ ފާޅުކުރުމަށް ކަމަށް ބުނެ ޝިޔައީން އަމިއްލައަށް ގައިގައި ވަޅިއަޅައި ޒަހަމްވުމުގެ އިހުތިފާލުތައް ބާއްވާ ދުވަހެވެ. އެކަންތައް އިރާގާއި ސޫރިޔާ އަދި ޕާކިސްތާނުގައި ވެސް އޮވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.