އޭޝިއާދިއިސްލާމްދުނިޔެ

ޠާލިބާނުންނާއެކު ވާހަކަތައް ކުރިއަށް ގެންދިއުމަށް ޕާކިސްތާނުން ހުރަސްއަޅަމުންދޭ : ކަރުޒާއީ

އަފްޣާނިސްތާނާ ބެހޭ ގޮތުން މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ މަޝްވަރާތަކުގައި ބައިވެރި ނުވި ޕާކިސްތާނުން ދަނީ ތާލިބާނުންނާ ސުލްހަވާން އެޤައުމުން ކުރަމުން އަންނަ މަސައްކަތަށް ހުރަސް އަޅަމުން ކަމަށް އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީ ވިދާޅުވެއްޖެއެވެ.

ޖަރުމަނުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ކަރުޒާއީ ވިދާޅުވި ގޮތުގައި ޠާލިބާނުންނާއެކު ކުރިއަށް ގެންދިއުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ޕާކިސްތާނުގެ ފަރާތުން އެދިފައިވާއިރު، އެކަމަށް އެއްވެސް އިޖާބައެއް ނުދޭކަމަށެވެ.

ޖަރުމަންގެ ބޮންގައި އަފްޣާނިސްތާނާ ބެހޭ ގޮތުން ބާއްވާ މަޝްވަރާތަކުގެ ބޭނުމަކީ ނޭޓޯ ސިފައިން 2014 ވަނަ އަހަރު އަފްޣާނިސްތާނުން ފޭބުމަށް ފަހު އެ ގައުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތްތަކެއް ކަނޑައެޅުމެވެ. ނަމަވެސް އަފްޣާނިސްތާނުގައި ތިބޭ ނޭޓޯ ސިފައިން ޕާކިސްތާނު ތެރެއަށް ހަމަލާދީ ސިފައިންގެ 24 މީހަކު މަރާލި މައްސަލާގައި ވަނީ އެ ބައްދަލުވުމުގައި ބައިވެރި ނުވާން ނިންމާފައެވެ.

ޕާކިސްތާނަށް ފާޑު ވިދާޅުވެ ކަރުޒާއީ ވާހަކަ ދައްކަވާފައި ވާއިރު އޭނާ ވަނީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް އަދިވެސް ފުރިހަމަ ރައްކާތެރިކަން ނުލިބޭ ކަމަށް ވިދާޅުވެފައެވެ. އެހެންވެ 2014 ގެ ފަހުން ވެސް އަފްޣާނިސްތާނަށް ބައިނަލްއަގުވާމީ އެހީތެރިކަން ދެމުން ގެންދިއުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އަފްޣާނިސްތާނަކީ ދުނިޔެ އަށް މުހިންމު ގައުމަކަށް ވާނެ ކަމަށާއި އެހެންވެ އަފްޣާނިސްތާނު ދޫކޮށްނުލުމަށް އެދިވަޑައިގެންނެވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ