ދިއިސްލާމް މޫސުމާ ބެހޭ އެއްބަސްވުމަކަށް ދިއުމުގައި ޗައިނާއިން ގަބޫލުކުރާ ޝަރުޠުތައް ހާމަކޮށްފި

މޫސުމާ ބެހޭ އެއްބަސްވުމަކަށް ދިއުމުގައި ޗައިނާއިން ގަބޫލުކުރާ ޝަރުޠުތައް ހާމަކޮށްފި

މޫސުމާ ބެހޭ އެއްބަސްވުމަކަށް ދިއުމުގައި ޗައިނާއިން ގަބޫލުކުރާ ޝަރުޠުތައް ހާމަކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ގާނޫނީގޮތުން އަމަލުކުރުން ލާޒިމު މޫސުމާބެހޭ އެއްބަސްވުމެއްގައިނަމަ ހުންނަންޖެހޭނެކަމަށް ޗައިނާއިން ގަބޫލުކުރާޝަރުތުތައް ފުރަތަމަފަހަރަށް ހާމަކޮށްފިއެވެ.

މޫސުމާބެހޭ މަޝްވަރާތަކުގައި ޗައިނާގެ ފަރާތުން އިސްކޮށް ހުންނަވާ ޝީޒެން ހުއާ ވިދާޅުވީ ދުނިޔެ ހޫނުވުމަށް މެދުވެރިވާސަބަބުތައް މަދުކުރުމަށް ގައުމުތަކުން މިހާރު އަމިއްލަ އިހްތިޔާރުގައި އަމަލުކުރަމުންދާކަންކަމަށް ކަނޑައަޅާފައި މުއްދަތުހަމަވުމުން އާމުއާހަދާއަކަށް އަމަލުކުރަންޖެހޭނީ 2020 ގެ ފަހުންކަމަށެވެ.

ޗައިނާގެޝަރުތުތަކުގައި ބުނެފައިވަނީ ކާބަން މަދުކުރުމަށް، މުއްސަނދި ގައުމުތަކަށް ކިއޯޓޯ މުއާހަދާއިން ކަނޑައަޅާފައިވާ މިންވަރު ފަހުން ބަދަލުކުރަންޖެހޭނެ ކަމަށެވެ. އަދި ކުރުމުއްދާތައި ދިގުމުއްދަތުގެ ތެރޭގައި، ފަގީރު ގައުމުތަކަށް އެތައް ބިލިއަންޑޮލަރެއްގެ އެހީ ދިނުމަށްވެސްވަނީ ޝަރުތުކޮށްފައެވެ.

ދެކުނު އެފްރިކާގެ ޑާބަންގައި ޔޫއެން ފްރޭމްވޮކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީ)ގެ ދަށުން މިހާރު ކުރިއަށް ދާމަޝްވަރާތަކުގެ ހަވާސާގައި އަމިއްލަ ބައެއް ޖަމާއަތްތަކާ ބައްދަލު ކުރައްވަމުން ޒެންހުއާ ވިދާޅުވި ގޮތުގައި 2020 ގެ ފަހުން އެއްބަސްވުމަކާއި ބެހޭގޮތުން މަޝްވަރާ ކުރެވެން ޖެހޭނެއެވެ.

ޔޫއެންއެފްސީސީގެ ދަށުން 194 ގައުމުން ކުރިއަށް ގެންދާ މަޝްވަރާތައް ހުކުރުދުވަހު ނިންމާލާއިރު އެއްބަސްވުމަކަށް އާދެވިދާނެކަމަށްވެސް ތުންތުންމަތިން ދަނީ ވާހަކަ ދެކެވެމުންނެވެ. ކާބަން ބޭރުކުރުން މަދުކުރުމަށް ކިއޯޓޯ މުއާހަދާގައި އެކި ގައުމުތަކަށް އެކި މިންވަރު ކަނޑައަޅާފައި ވިޔަސް އާމުއާހަދާގައި މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތައް ހަމަހަމަ ކުރަންޖެހޭނެކަމަށްވެސް ޗައިނާގެ މަންދޫބު ވިދާޅުވިއެވެ.

ސިނާއީ ގޮތުން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޗައިނާ، އިންޑިއާ އަދި ބްރެޒިލްފަދަ ގައުމުތަކުން މިހާރުވެސް ޖައްވަށް ބޭރުކުރާ ޖުމުލަ ކާބަން ގެ ދެބައިކުޅައެއްބައި ހިއްސާކުރެއެވެ. އަދި ކުރިއަށްއޮތް 20 އަހަރު ތެރޭ މި މިންވަރު ތިންބައިކުޅަ ދެބަޔަށް އިތުރުވާނެކަމަށް އަންދާޒާ ކުރެވެއެވެ.

މިހާރު ކުރިއަށްދާ ވާހަކަތަކުގެ މައިގަނޑު އަމާޒަކީ ކިއޯޓޯ މުއާހަދާގެ މުއްދަތު އަންނަ އަހަރު ހަމަވުމަށްފަހު ދެން އަމަލުކުރާނެ މުއާހަދާއަކާމެދު އެއްބަސްވުމަކަށް އައުމެވެ. ނަމަވެސް ތަރައްގީވެފައިވާ ގައުމުތަކާއި އެހެން ގައުމުތަކާދެމެދު ހިޔާލު ތަފާތުވުން ބޮޑު ކަމުން އެއްބަސްވުމެއްގާއިމު ނުކުރެވި ދާނެކަމަށް އެކިފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.