އަރަބިދުނިޔެ ސީދާގޮތެއްގައި ސުލްހައިގެ ވާހަކަތަށް ކުރިޔަށް ގެންދިޔުމަށް ފަލަސްތީނުން ޝަރުތުތަކެއް ހުށައަޅައިފި

ސީދާގޮތެއްގައި ސުލްހައިގެ ވާހަކަތަށް ކުރިޔަށް ގެންދިޔުމަށް ފަލަސްތީނުން ޝަރުތުތަކެއް ހުށައަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

ސީދާގޮތެއްގައި ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށް ފަލަސްތީނުން ޝަރުތުތަކެއް ކަނޑައަޅައިފިއެވެ.

އިއްޔެ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެފައިވަނީ މުސްތަޤުބަލުގައި ފަލަސްތީނުގެ ސްޓޭޓުތަކުގެ ބޯޑަރުތައް ބެލެހެއްޓުމަށް ތިންވަނަ ފަރާތެއް ހަރަކާތްތެރިވުމަށް އިޒްރޭލުން އެއްބަސް ނުވާހާ ހިނދަކު ސުލްހައިގެ ވާހަކަތަކުގައި ބައިވެރި ނުވާނެ ކަމަށެވެ.

މީގެ އިތުރުން އިއްޔެ، ނޫހުގައި ޝާއިއުކުރެވުނު އައްބާސްގެ އިންޓަވިއުއެއްގައި ހާމަކޮށްފައިވަނީ، ''ސުލްހައިގެ ވާހަކަތަކައިގެން ކުރިޔަށް ދިޔުމުގެ ކުރިން، ޔަހޫދީން އެމީހުންގެ މީހުން އާބާދުކުރުމަށް އަތުލައިގެންފައިވާ ފަލަސްތީނުގެ ބިންތަކުގެ ބަދަލުގައި ފަލަސްދީނަށް ބިމެއް ދިނުމަށް' އެއްބަސްވާންޖެހޭނެކަމަށެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ މެދު އިރުމައްޗަށް ކަނޑަ އަޅާފައިވާ ސަފީރު، ޖޯޖު މިޝޭލް އިއްޔެ ވަނީ ރާމަﷲގައި، މަހްމޫދު އައްބާސާ އެކު ބައްދަލުވުމެއް ބާއްވައިފައެވެ. އަދި ހުކުރު ދުވަހު އޭނާ ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާވެސް ބައްދަލުކުރަށްވާފައެވެ. މީނާއަކީ 2 މަސްދުވަސް ވެފައިވާ ނުސީދާ ސުލްހައިގެ ވާހަކަތަށް ކުރިޔަށް ގެނދިޔުމަށް ޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތެވެ.

ނަބީލު އަބޫ ރުދެއިނާ، މަހްމޫދު އައްބާސްގެ ފަރާތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، "ރާމަﷲގައި މިޝޭލާއެކު މި ބޭއްވި ބައްދަލުވުމުން ސީދާގޮތެއްގައި ޞުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށް އެއްވެސް ދޮރެއް ހުޅުވިގެން ގޮސްފައި ނުވާ" ކަމަށެވެ.

އައްބާސްގެ ވާހަކަތަކާ ގުޅިގެން އިޒްރޭލުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ޓެގް

އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.