ހުޅަނގު އައްސޭރީގެ ޚަލީލް ސަހަރުގައި ހުންނަ އިބްރާހިމީ މިސްކިތަށް ދިޔަ ފަލަސްޠީނުގެ ޒުވާން އަންހެނެއް އިޒްރޭލުގެ އިސްތިޢުމާރީ ސިފައިން ބުރާސްފަތިދުވަހު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެމިސްކިތަށް ދެވެން އޮންނަ މަގުގައި ހަދާފައި ހުރި އިޒްރޭލު ޢަސްކަރިއްޔާގެ ޗެކްޕޮއިންޓަކުންނެވެ.
އެސަރަޙައްދުގެ މީހުންނާ ޙަވާލާދީ ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި އަލް ޚަލީލުގެ ހުޅަނގުގައި އޮންނަ "އަލްކުވަމް" އަވަށައް ނިޞްބަތްވާ ޢަލާ އައްރަޖޫބް (23 އަހަރު) ހައްޔަރުކޮށްފައިވާކަން އިޒްރޭލު ސިފައިން ވަނީ އޭނާގެ ޢާއިލާއަށް ވެސް އަންގާފައެވެ. ނަމަވެސް އޭނާ ހައްޔަރުކުރި ސަބަބެއް ހާމަ ކޮށްދީފައެއް ނުވެއެވެ.
މީގެ އިތުރުން ހަމައެދުވަހު މެންދުރުފަހުގެ ވަގުތެއްގައި ހިފާފައިވާ ޤުދުސްގެ "ޝަޢުފާޠު" ރެފިޔުޖީ ކޭމްޕުން ނުކުންނަން ދިޔަ ފަލަސްޠީނުގެ ހަތަރު ސްކޫލް ކުދިން އިޒްރޭލުގެ ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި އެކުދިން ރަހީނުކުރި ފުލުހުން ތިބީ ކުލަ ހެދުމުގައެވެ.
________________________
މަޞްދަރު: ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...