ދިއިސްލާމް އެއްޖިންސުގެ ގުޅުން ހިންގާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް މެލޭޝިޔާއިން ނިންމައިފި

އެއްޖިންސުގެ ގުޅުން ހިންގާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް މެލޭޝިޔާއިން ނިންމައިފި

އެއްޖިންސުގެ ގުޅުން ހިންގާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް މެލޭޝިޔާއިން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެއްޖިންސުންގުޅުން ހިންގާ މީހުންނާއި ދެކޮޅަށް މެލޭޝިއާގައި ބަޔަކު މުޒާހަރާކުރަނީ

މުސްލިމުންގެ ތެރެއިން އެއްޖިންސުގެ ގުޅުން ހިންގައި، މިކަމަށް އެއްބާރުލުންދޭ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް މެލޭޝިއާގެ ދެ ސްޓޭޓަކުން ނިންމައިފިއެވެ.

"އިންސާނީ ޙައްޤުތަކޭބުނެ އެއްޖިންސުން ގުޅުން ކުރުން ހުއްދަކުރަން އެއްބަޔަކު އެބައުޅޭ. އިސްލާމްދީނުގައި މީ ދުވަހަކުވެސްވާނޭ ކަމެއްނޫން. މިއީ އިސްލާމީ ޝަރީޢަތާއި އިދިކޮޅުކަމެއް،" މެލޭޝިއާގެ މަލައްކާގެ ޗީފް މިނިސްޓަރު އަދި އިސްލާމިސް ރިލީޖަސް ޑިޕާޓްމެންޓުގެ ޗެއަރމަން، މުޙައްމަދު ރުސްތުމް ޢަލީ ރޮއިޓަރޒްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.

ޢަލީ އިތުރަށް ވިދާޅުވިގޮތުގައި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ޝަރީޢަތް ކޯޓުގައި ކުރެވި އެމީހުން ޖަލުގައި ބަންދުކުރުމަށް ނުވަތަ ޖޫރިމަނާކުރުމަށް ޤާނޫނުތައް އިސްލާޙްކުރުމަށް މިހާރު އެސްޓޭޓުންދަނީ ވިސްނަވަމުންނެވެ.

ޕަހަންގް ސްޓޭޓްގެ ދީނީ ޢިލްމުވެރިއެއް ކަމުގައިވާ ޢަބްދުއްރަޙްމާން ޢުޘްމާންވެސް ވަނީ އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ހަރުކަށި އަދަބުދިނުމަށް ގޮވާލާފައެވެ. އަދި އެއްޖިންސުން ގުޅުން ހިންގުމުގެ ހަޑިމުޑުދާރު ޖަރީމާ ހުއްޓުވުމަށް އެސްޓޭޓްގެ ޤާނޫނުތައް އިސްލާހްކުރުމަށް މަސައްކަތްތަކެއް ފެށޭނެކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

"ހައްދުފަހަނައަޅާފައިވާ މިފަދަ ޢަމަލުތައް އިސްލާމް ދީނުގައި ވަނީ ނަހީ ކުރައްވާފައި،" ޢުޘްމާން ވިދާޅުވިއެވެ.

"މިހަޑިމުޑުދާރު ޢަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އެޅެންޖެހޭނެ. ފިޔަވަޅު ނޭޅޭނަމަ މިކަންތައްތައް އާންމު ކަންތައްތަކަށް ވެދާނެ،" އޭނާ ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.