ދިއިސްލާމް އެމެރިކާއިން އަޞްލެއްނެތި ދެމުންގެންދާ ޓެރަރިސްޓް ހަމަލާތަކުގެ ޝަކުވާ ޕާކިސްތާނުން އދ އަށް ހުށަހަޅަނީ

އެމެރިކާއިން އަޞްލެއްނެތި ދެމުންގެންދާ ޓެރަރިސްޓް ހަމަލާތަކުގެ ޝަކުވާ ޕާކިސްތާނުން އދ އަށް ހުށަހަޅަނީ

އެމެރިކާއިން އަޞްލެއްނެތި ދެމުންގެންދާ ޓެރަރިސްޓް ހަމަލާތަކުގެ ޝަކުވާ ޕާކިސްތާނުން އދ އަށް ހުށަހަޅަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑްރޯން ހަމަލާއެއްދެނީ

އެމެރިކާއިން އެއްވެސް އަޞްލެއްނެތި އަފްޣާނިސްތާނުގެ ބޯޑަރުކައިރީގައި އޮންނަ ޕާކިސްތާނުގެ އުތުރުދެކުނު ޤަބީލާ ސަރަޙައްދަށް ޑްރޯން ބޭނުންކޮށްގެން ދެމުންގެންދާ ޓެރަރިސްޓް ހަމަލާތަކުގެ ޝަކުވާ ޕާކިސްތާނުން އދ. އަށް ހުށަހަޅުއްވަން ޤަސްދުކުރައްވާކަމަށް އެޤައުމުން އިޢުލާންކުރައްވައިފިއެވެ.

ޕާކިސްތާނުގެ ޞަރަޙައްދުތަކަށް އެމެރިކާއިން ދެމުންއަންނަ ޑްރޯން ޓެރަރިސްޓް ހަމަލާތަކުން މިހައިތަނަށް މަރުވެފައިވާ މީހުންނާއި ބެހޭ މަޢުލޫމާތު ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުން މިހާރުދަނީ އެއްކުރައްވަމުންނެވެ. އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޓީއަށް މިމަޢުލޫމާތުތައް ހުށަހަޅާނެކަމަށް ޕާކިސްތާނުން ހާމަކުރައްވާފައިވެއެވެ.

ތާލިބާނުންގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެންކަމަށްބުނެ އެމެރިކާއިން ދަނީ ޕާކިސްތާނުގެ ޤަބީލާ ސަރަޙައްދުތަކަށް ޕައިލެޓަކާއި ނުލާ އުދުހޭ ހަނގުރާމަވެރި ބޯޓުތައް ބޭނުންކޮށްގެން ޓެރަރިސްޓް ހަމަލާތައްދެމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި ފަށާފައިވާ މިޓެރަރިސްޓް ހަމަލާތައް ރައީސް ބަރަކް އޮބާމާ އެމެރިކާގެ ރިއާސަތާއި ހަވާލުވިފަހުން ވަނީ އިތުރުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.