ދިއިސްލާމް ޤުދުސް މިނިވަންކުރަން ބޭނުންނަމަ މުސްލިމުން އިޚްތިޔާރުކުރަންޖެހޭނީ ޞަލާޙުއްދީން އައްޔޫބީގެ މަގު: ޝެއިޚުލް އަޒްހަރު

ޤުދުސް މިނިވަންކުރަން ބޭނުންނަމަ މުސްލިމުން އިޚްތިޔާރުކުރަންޖެހޭނީ ޞަލާޙުއްދީން އައްޔޫބީގެ މަގު: ޝެއިޚުލް އަޒްހަރު

ޤުދުސް މިނިވަންކުރަން ބޭނުންނަމަ މުސްލިމުން އިޚްތިޔާރުކުރަންޖެހޭނީ ޞަލާޙުއްދީން އައްޔޫބީގެ މަގު: ޝެއިޚުލް އަޒްހަރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ހިފާފައިވާ ޤުދުސްގައި ޔަހޫދީން އާބާދުކޮށް އެސަހަރު ޔަހޫދީކުރުމަށް އިޒްރޭލުން ހިންގަމުންގެންދާ ޖަރީމާތައް ޝެއިޚުލް އަޒްހަރު ޑރ. އަޙްމަދު އައްޠައްޔިބު ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ. އޭނާ އިންޒާރުދެއްވި ގޮތުގައި ޤުދުސްގައި ޔަހޫދީން ހިންގަމުންގެންދާ ޣައިރު ޤާނޫނީ ޢަމަލުތަކަކީ އޭގެ ސަބަބުން މުޅި ދުނިޔޭގެ އަމަން އަމާންކަމަށްވެސް އޮތް ނުރައްކަލެކެވެ.

ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ އިން ހާމަކޮށްފައިވާ ގޮތުގައި ޑރ. އަޙްމަދު އައް ޠައްޔިބުގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި އޭނާވަނީ މުސްލިމުންގެ ފުރަތަމަ ޤިބްލައިގެ ޙިމާޔަތުގައި އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "މިލިއަން މާރޗް" ގައި ބައިވެރިވެ ތިމާމެންގެ އީމާންކަން ސާބިތު ކޮށްދިނުމަށާއި މުސްލިމުން ތިބީ ނިދާފައި ނޫންކަން ޔަހޫދީންނަށް ކަށަވަރުކޮށްދިނުމަށް މިޞްރުގެ ރައްޔިތުންނަށް ގޮވައިލައްވާފައެވެ.

އެބަޔާނުގައި ޝެއިޚް ވިދާޅުވެފައިވަނީ ޤުދުސް މިނިވަންކޮށް މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށް އިސްލާމީ އުންމަތުން މިއަދު އިޚްތިޔާރުކޮށްފައިވާ މަގުން ހިނގައިގެން އެކަންނުކުރެވޭނެކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޔަހޫދީންގެ އަތްދަށުން ޤުދުސް މިނިވަން ކުރަން ބޭނުންނަމަ މުސްލިމުން އޚްތިޔާރު ކުރަން ޖެހޭނީ މަޝްހޫރު އިސްލާމީ މުޖާހިދު ޞަލާހުއްދީން އައްޔޫބީގެ މަގެވެ.

ޝެއިޚުލް އަޒްހަރު ވިދާޅުވި ގޮތުގައި ޤުދުސްއާއި މަސްޖިދުލްއަޤްސާއަކީ ހަމައެކަނި މުސްލިމުންގެ ޙައްޤެކެވެ. މުސްލިމުންގެ މުޤައްދަސާތުތަކުގެ ޙުރުމަތްކަނޑައި އިހާނެތިކޮށް ހިތުމުގެ ޙައްޤެއް އެހެންއެއްވެސް ދީނެއްގެ ބަޔަކަށް ނޯންނާނެއެވެ.

ޝޭޚުލް އަޒްހަރުވަނީ އެންމެހާ މުސްލިމުންނަށް ފަލަސްޠީނުގެ ބިމުގައި ޔަހޫދީން ހިންގަމުން ގެންދާ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވަން މަސައްކަތްކުރުމުގައި އެކަތި ގަނޑަކަށްވެ ޔަހޫދީންގެ އަތްދަށުން މަސްޖިދުލް އަޤްޞާ އަތުލުމަށް ގޮވައިލައްވާފައެވެ.

އަދި އެމެރިކާއާއި ޔޫަރަޕުގެ ޤައުތަކުން ގެންގުޅޭ ވަކި ފަރާތަކަށް ބުރަވެފައިވާ އިންޞާފެއް ނެތް ޕޮލިސީއަށް ވެސް ޝެއިޚް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝެއިޚުލްއަޒްހަރު ވިދާޅުވި ގޮތުގައި އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ޖެހިލުމެއްނެތި އަނިޔާކުރަމުންދަނީ ހުޅަނގުގެ ނާއިންޞާފު ފޮލިސީތަކުން ހިތްވަރުލިބިގެންނެވެ. އެހެންކަމުން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ފޭރިގަތުމުގެ ޒިންމާ އިޒުރޭލެކޭ އެއްފަދައިން އެމެރިކާ އާއި ޔޫރަޕުގެ ޤައުމުތަކުންވެސް އުފުލަން ޖެހޭނެއެވެ.

މަޞްދަރު: ދި ފެލެސްޓައިން އިންފޯމޭޝަން ސެންޓަރ

ޓެގް

ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.