ދިއިސްލާމް ފަލަސްޠީނުގެ އަވަށެއްގެ މީހުން އަނދިރީގައި އުޅެން މަޖުބޫރުކުރަނީ: ރިޕޯޓް

ފަލަސްޠީނުގެ އަވަށެއްގެ މީހުން އަނދިރީގައި އުޅެން މަޖުބޫރުކުރަނީ: ރިޕޯޓް

ފަލަސްޠީނުގެ އަވަށެއްގެ މީހުން އަނދިރީގައި އުޅެން މަޖުބޫރުކުރަނީ: ރިޕޯޓް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުން ކަރަންޓު ކަނޑާލުމުން، ފަލަސްތީނުގެ ތުއްތު ކުދިންތަކެއް އުއްބައްތީގެ އަލީގައި

ދާދިފަހުން ސްޕެއިންގެ އަމިއްލަ ޖަމާޢަތެއްކަމަށްވާ "ސީބާ" އިން ވަނީ ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފައިވާ ހުޅަނގު އައްސޭރީގެ "އަމެންޒާ" އަވަށުގައި ސޯލަރ ޕެނަލްތަކެއް ހަރުކޮށްދީ ފުރަތަމަ ފަހަރަށް އެއަވަށުގެ ރައްޔަތުންނަށް ކަރަންޓު ލިބޭނެ ގޮތް ހަދައިދީފައެވެ. ނަމަވެސް އިޒްރޭލުގެ ޢަސްކަރިއްޔާއިން މިހާރު ވަނީ ޢަސްކަރީ އަމުރެއްނެރެ އެ ސޯލަރ ޕެނަލްތައް ނެގުމަށް މަޖުބޫރުކޮށްފައެވެ.

މީގެކުރިން އެންމެ ޒަރޫރީ ބޭނުންތައް ކިރިޔާ ފުއްދާލެވޭވަރުގެ ގޭހުން ހިންގާ ޖެނެރޭޓަރެއް ހުރި މި އަވަށުގައި ސޯލަރ ޕެނަލްތައް ހަރުކުރުމުން އެ އަވަށުގެ ރައްޔިތުންވަނީ އެމީހުންގެ ގެތަކާއި އެހެންވެސް މުނާސަބަތުތައް ބާއްވާ ތަންތަން އަލިކޮށްފައެވެ. އަދި ޓީވީ އާއި އެހެނިހެންވެސް އިލެކްޓްރޯނިކް ސާމާނުތަކުގެ ބެނުންކުރަން ފަށާފައެވެ. އަދި ފެން ޕަންޕެއް ހަރުކޮށް އަވަށުގެ ހުރިހާ ގެއަކަށް ފެނުގެ ޚިދުމަތްވެސް ދޭން ފަށާފައެވެ.

ނަމަވެސް އިޒްރޭލުގެ ޢަސްކަރިއްޔާއިން ހުޅަނގު އައްސޭރީގެ "އޭރިއާ ސީ" ގައި އޮންނަ މި ކުޑަ އަވަށަކީ ހުއްދަނެތި ޢިމާރާތްކޮށްފައިވާ އަވަށެއްކަމަށް ބުނެ އެ ސޯލަރޕެނަލްތައް ނެގުމަށް މިދިޔަމަހު އަވަށުގެ މީހުންނަށް ވަނީ އަންގާފައެވެ. "އޭރިއާ ސީ" އަކީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަސްދޮޅަސް އިންސައްތައެވެ. އަދި މި ސަރަހައްދުގައި ޢިމާރާތެއް ކުރެވޭނީ އިޒްރޭލުގެ ޢަސްކަރިއްޔާގެ ބާރުގެދަށުގައި އޮންނަ "ސިވިލް އެޑްމިނިސްޓްރޭޝަން އޮތޯރިޓީ" އޭ ކިޔާ ޑިޕާރޓްމަންޓަކުން ހުއްދަ ހޯދައިގެން ކަމަށް އިޒްރޭލުން ބުނެއެވެ.

އިޒްރޭލުގެ އަމިއްލަ އެތައް ޖަމާޢަތަކުންނާއި އދ އާއި އަދި  ސްޕެއިންގެ ސަރުކާރުންވެސް ދަނީ އިޒްރޭލުގެ ޢަސްކަރިއްޔާއިން ކުރިން އެންގުމަކާނުލާ ނެރެފައިވާ މި އަމުރު ބާޠިލް ކުރުމަށް ގޮވާލައި ސޯލަރ ޕެނަލްތައް ނެގުން ހުއްޓުވުމަށް މަސައްކަތްކުރަމުންނެވެ. މި ޕެނަލްތައް ހަރުކުރުމަށް ތިންލައްކަ ފަސްދޮޅަސް ފަސް ހާސް ޔޫރޯ ޚަރަދުވެފައިވާއިރު މީގެ ބޮޑު ބައި ހޯދާފައިވަނީ "ސީބާ" އިންނެވެ.

"އަމެންޒާ" އަވަށުގެ ކައުންސިލްގެ ވެރިޔާ ޢަލީ ހުރައިޒާތު ފްރާންސްގެ މީޑިއާ އަށް މަޢުލޫމާތު ދެމުން ވިދާޅުވި ގޮތުގައި "އެ ސޯލަރ ޕެނަލްތަކަކީ ރައްޔިތުން ކުރަމުން އައި ވަރަށް ފޮނި އުއްމީދެކެވެ". "އަހަރަމެން މިތާ ދިރިއުޅެން ފެށީ 1948 ވަނަ އަހަރުން ފެށިގެން. އަހަރަމެންދާނެ އެހެން ތަނެއް ނެތް" އެނާ އިތުރަށް ވިދާޅުވެފައިވެއެވެ.

މި ޕްރޮޖެކްޓާ ޙަވާލުވެ ހުރި ސްޕެއިން ގެ އޮފިޝަލު ބުނި ގޮތުގައި ސޯލަރ ޕެނަލްތައް ހަރުކުރުމުގެ ކުރިން އެކަމާ ބެހޭ ލިޔެކިޔުންތައް އިޒްރޭލުގެ ޢަސްކަރިއްޔާއަށް ފޮނުވުނުކަމަށާއި ނަމަވެސް ޢަސްކަރިއްޔާއިން އެއްވެސް ޖަވާބެއް ދީފައެއްނުވެއެވެ.

އިޒްރޭލުގެ ޢަސްކަރިއްޔާގެތަރުޖަމާނު ބުދަ ދުވަހު ބުނި ގޮތުގައި ސޯލަރ ޕެނަލްތައް ހަރުކުރުމުގެ ހުއްދަދޭން ޢަސްކަރިއްޔާއިން ތިބީ ތައްޔާރަށެވެ. އެކަމަކު "ހުރިހާ ކަމެއްވެސް ދާންވަނީ "ޤާނޫނީ ދޮރުތަކުން" ކަމަށްވެސް" އޭނާ ބުނެފައިވެއެވެ.

______

މަސްދަރު: އުރުކްނެޓް.އިންފޯ

ޓެގް

ކަރަންޓު ޖަރީމާ ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.