ދިއިސްލާމް ޕީސް ކޮންފަރެންސް 2011 މިއަދު ފެށެނީ

ޕީސް ކޮންފަރެންސް 2011 މިއަދު ފެށެނީ

ޕީސް ކޮންފަރެންސް 2011 މިއަދު ފެށެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް ރިސާރޗް ފައުންޑޭޝަންގެ ފަރާތުން ކޮންމެއަހަރަކު ބާއްވާ ޕީސް ކޮންފަރެންސް  މިއަދު ފެށޭނެކަމަށް އެފައުންޑޭޝަންގެ ބާނީ، އަދި އެންމެފަހުން ރާއްޖެ ވަޑައިގެންނެވި ދާޢީ ޑރ. ޒާކިރު ނައިކް ވިދާޅުވެއްޖެއެވެ.

ޒާކިރު ނައިކް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް ރިސާރޗް ފައުންޑޭޝަންގެ ފޭސްބުކް ޕޭޖްގައެވެ. މިއަދުގެ ހަވީރުގެ ވަގުތެއްގައި ފެށުމަށް ހަމަޖެހިފައިވާ މި ޕީސް ކޮންފަރެންސް ޕީސް ޓީވީ އިން ވަގުތުން ދުރަށް ފޮނުވާނެކަކަމުގައި ފޭސްބުކްގައި އިތުރަށް ބުނެފައިވެއެވެ.  އިންޑިއާގެ މުމްބާއީގައި ބާއްވާ 10 ދުވަހުގެ ޕީސް ކޮންފަރެންސް އޮންނާނީ 18 ނޮވެމްބަރުން 27 ނޮވެމްބަރުގެ ނިޔަލަަށްކަމަށް އައިއާރުއެޕްއިން ހާމަކުރެއެވެ. ދުނިޔޭގެ އެކި ޤައުމުތަކުން ގާތްގަޑަކަށް 30 ބޭފުޅުން މިކޮންފަރެންސްގައި ތަގުރީރު ކުރައްވާނެއެވެ.

ޕީސް ކޮންފަރެންސް އަކީ އިސްލާމްދީނޫން އެހެން ދީންތައް ޤަބޫލް ކޮއްގެން އުޅޭ ފަރާތްތަކާއެކު ބަހުސްއެއްގޮތައް ހިންގޭ ކޮންފަރެންސްއެކެވެ. މިކޮންފަރެންސްގައި ކުރިސްޓިއަނުންގެ ބޮޑެތިފާދިރީންނާއި، ބުދުދީނުގެ މީހުންނާއި ބަހުސްކުރެވި، އިސްލާމްދީނުގެ ކުރިމަތީގައި މިބައިމީހުން އިތުރަށްފަޟީހަތްވެ، އިސްލާމްދީ ޤަބޫލްކުރާމީހުންގެ ޢަދަދު އިތުރުވަމުން ދެއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.