ދިއިސްލާމް އިޒްރޭލުގެ ޙަމަލާއެއްގައި ފަލަސްޠީނުގެ އެކަކު ޝަހީދުވެ 4 މީހުން ޒަޚަމްވެއްޖެ.

އިޒްރޭލުގެ ޙަމަލާއެއްގައި ފަލަސްޠީނުގެ އެކަކު ޝަހީދުވެ 4 މީހުން ޒަޚަމްވެއްޖެ.

އިޒްރޭލުގެ ޙަމަލާއެއްގައި ފަލަސްޠީނުގެ އެކަކު ޝަހީދުވެ 4 މީހުން ޒަޚަމްވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުން ޣާޒާ އަށް ކުރިން ދިން ހަމަލާއެއް

ޣާޒާ ސިޓީ (14 ނޮވެމްބަރ) : ހޯމަ ދުވަހުގެ ފަތިސް ވަގުތުގައި އިޒްރޭލުގެ ހަނގުރާމަ މަތީ ބޯޓަކުން ދިން ޙަމަލާއެއްގައި ފަލަސްޠީނުގެ އެކަކު ޝަހީދުވެ 4 މީހުން ޒަޚަމްވެއްޖެކަމަށް ޣާޒާގެ ޞިއްޙަތާއި އިމަޖެންސީ ޚިދުމަތްތަކާ ބެހޭ ކޮމެޓިން ބުނެފިއެވެ.

މިޙަމަލާ އަމާޒުކޮށްފައިވަނީ ޣާޒާ ސިޓީގެ އުތުރުގެ ސަރަޙައްދެއްކަމުގައިވާ "ބައިތް ލާހިޔާ" ގެ ހުޅަނގު އުތުރުގައި ހުރި ޕޮލިސް ސްޓޭޝަނަކަށެވެ. އިޒްރޭލުގެ އެފް- ސޯޅައިގެ ފައިޓަރ ޖެޓަކުން އެ ޕޮލިސް ސްޓޭޝަނާއި އަމާޒުކޮށް އެތައް މިސައިލެއް ވަނީ ފޮނުވާލާފައެވެ.

އެ އެޖެންސީން އިތުރަށް ބުނެފައިވާ ގޮތުގައި މީހުން ސަލާމަތްކުރާ ޓީމަށް ޒަޚަމްވެފައިވާ 4 މީހުން އެތަނުން ވަނީ ފެނިފައެވެ. އަދި އިތުރު ދެ މީހަކު ގެއްލިފައިވާކަމަށް ޤަބޫލުކުރެވޭތީ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ދަނީ ކުރިއަށެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ މި ޕޮލިސް ސްޓޭޝަނަކީ ތަކުރާރުކޮށް އިޒްރޭލުން ބޮން އަޅަމުން އަންނަ ސްޓޭޝަނެކެވެ. މީގެ 3 އަހަރުކުރިން ޣާޒާ ހަނގުރާމައިގައި އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން މިސްޓޭޝަންވަނީ އެއްކޮށް ފުނޑުފުނޑުވެފައެވެ. ނަމަވެސް ޙަމާސްގެ ސަރުކާރުންވަނީ އަލުން މިސްޓޭޝަން އިމާރަތްކޮށްފައެެވެ.

ވޭތުވެ ދިޔަ ދެހަފްތާ ތެރޭ ޣާޒާގެ ތަފާތު ތަންތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 15 މީހަކުވަނީ ޝަހީދުވެ އެތައް ބަޔަކުވަނީ ޒަޚަމްވެފައެވެ. މީގެ ޖަވާބުގައި ޣާޒާގެ މުޖާހިދުންވެސް ވަނީ ޢަސްޤަލާނަށާއި އެހެން ސަރަޙައްދުތަކަށް އެތައް ރޮކެޓެއް ފޮނުވާލާފައެވެ. މީގެ ނަތިޖާއެއްގެ އޮތުން އެއް ޔަހޫދީއަކު މަރުވެ އިތުރު ބަޔަކުވަނީ ޒަޚަމްވެފައެވެ.

_____

މަޞްދަރު: އިންޓަނޭޝަނަލް މިޑްލްއީސްޓް މީޑިއާ ސެންޓަރ

ޓެގް

ޣާޒާ ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.