އަރަބިދުނިޔެ އިޒްރޭލުގެ ހަނގުރާމަވެރިން އަމިއްލަޔަށް މަރުވަނީ...

އިޒްރޭލުގެ ހަނގުރާމަވެރިން އަމިއްލަޔަށް މަރުވަނީ...

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

އިޒްރޭލުގެ ހަނގުރާމަވެރިންގެ ތެރޭގައި އަމިއްލަޔަށް މީހުން މަރުވާ ރޭޓު ވަރަށް ބޮޑުތަން އިތުރުވެފައިވާކަމަށް އެ ޤައުމުން ހާމަކޮށްފިޔެވެ.

އިޒްރޭލުގެ މަޝްހޫރު މެގަޒިންއަކުން ހަބަރުދޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު އިޒްރޭލުގެ ހަނގުރާމަވެރިންގެ ތެރެއިން 19 މީހަކު އަމިއްލަޔަށް މަރުވެފައިވެއެވެ. އަދި މިދިޔަ އަހަރު ޖުމުލަ 21 މީހުން އަމިއްލަޔަށް މަރުވެފައި ވާއިރު އޭގެ ކުރީ ދިހަ އަހަރު ތެރޭ އަމިއްލަޔަށް މަރުވެފައި ވަނީ އެންމެ 30 މީހުންނެވެ.

2006 ވަނަ އަހަރާއި 2007 ވަނަ އަހަރު ސިފައިންގެ މީހުން އަމިއްލަޔަށް މަރުވާ ނިސްބަތް އެހާ ދަށުގައި އޮވެ، ކުއްލިޔަކާ އަމިއްލަޔަށް މީހުން މަރުވާ ނިސްބަތް އިތުރުވުމުން އިޒްރޭލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އަމިއްލަޔަށް ސިފައިން މަރުވާ ނިސްބަތް މަދުކުރުމަށް އިޒްރޭލުން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން ގެއަށް ހަތިޔާރު ގެންދިއުމަށް ހުއްދަ ދީފައިވާ ހަނގުރާމަވެރިންނާއި، އޮފިސަރުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑުތަން ދަށްކޮށްފައެވެ.

އިޒްރޭލުގެ އާމީން ހާމަ ކުރާ ގޮތުގައި  އަމިއްލަޔަށް ސިފައިން މަރުވާ ސަބަބު ހޯދުމަށް މިހާރު ވަނީ އިންވެސްޓިގޭޝަނެއްވެސް ފަށައިފައެވެ. އެފަރާތުން ހާމަކުރާ ގޮތުގައި އަމިއްލަޔަށް މީހުން މަރުވުމުގެ ގިނަ މައްސަލަތަކާ، އިޒްރޭލުގެ އާމީއާ އެއްވެސް ގުޅުމެއް ނެތެވެ. އަދި އަމިއްލަޔަށް އިޒްރޭލުގެ ހަނގުރާމަވެރިން މަރުވާ ނިސްބަތް މަދުކުރެވޭނެކަމުގެ އުންމީދު ކުޑަކަމަށް  އިޒްރޭލުގެ އާމީން ހާމަކުރެއެވެ.

ޓެގް

އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.