ޔޫރަޕު

ބުރުގާއަށް މަރުހަބާއެއް ނުކިޔާނަން. - ޑެންމާކު ސަރުކާރު

ޑެންމާކުގައި ބުރުގާ އަށާއި މޫނު ބުރުގާއަށް މަރުހަބާ ނުކިޔާ ކަމަށް ޑެންމާކުގެ ޕްރައިމިނިސްޓާރ ހާމަކޮށްފިއެވެ.

'ބުރުގާ އަދި މޫނު ބުރުގާއަށްވެސް ޑެންމާކުގެ ސޮސައިޓީގައި ޖާގަނެތް' ކަމަށާއި 'އަހަރެމެން އެކަކު އަނެކަކާއި ބައްދަލުވާއިރު އެކަކު އަނެކަކުގެ ފެންނަންޖެހޭނެކަމަށެވެ. ޑެންމާކް އަކީ އެއްލައްކަ މުސްލިމުން ދިރިއުޅެމުންދާ ޤައުމެއްކަމުގައި ވިޔަސް މުސްލިމުންނާއި އެޤައުމުގެ ސަރުކާރުންދަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

ޑެންމާކުގައި މޫނު ބުރުގާ އިތުރުވެގެން ދިއުމަކީ އެޤައުމަށް 'ނުރައްކާ' ވެދާނެކަމެއް ކަމަށް ދޭހަވާ ގޮތަށް ތަފާތު ނޫސްކޮންފަރެންސްތަކުގައި ވާހަކަ ދެވެމުންދާއިރު އެގައުމުގެ ސަރުކާރުންދަނީ މޫނު ބުރުގާ 'ލިމިޓް' ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި 'އެފަދަ ހެދުން' ޑެންމާކުގެ ސޮސައިޓީގެ ތެރޭގައި ފެނިގެން ނުވާނެކަމަށް ސަރުކާރުގެ އިސްވެރިންވަނީ ބުނެފައެވެ.

ބުރުގާ އެޅުމަކީ އެންމެހާ މުސްލިމުން ކުރަންޖެހޭ ކަމެއްކަމަށް ދީނީ ޢިލްމުވެރިން ބުނަމުންދާއިރު އަދި މޫނު ބުރުގާއަކީ ދީނީ ކަމެއްކަމަށާއި އެކަން މަނާ ކުރެވިގެން ނުވާނެކަމަށް ޢިލްމުވެރިން ބުނަމުންދާއިރު ދުނިޔޭގެ ކަންކޮޅުތަކުގައި ބުރުގަ އަޅާ އަންހެނުންނަށާއި މޫނުބުރުގާ އަޅައިގެން އުޅޭ އަންހެނުންނަށްދަނީ 'ރަތްކާޑު' ދައްކާ ތަފާތު ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ. އެގޮތުން ފްރާންސްފަދަ ގައުމުތަކުން ދަނީ އެޤައުމުގައި މޫނުބުރުގާ އެޅުން މަނާކުރާ ބިލެއް ޑްރާފްޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެފަދަ ގައުމުތަކުން ދެކޭ ގޮތުގައި އިސްލާމީ އަންހެނުންވެސް ތިބެންޖެހޭނީ ހުޅަނގުގެ އަންހެނުންފަދައިން 'އޮރިޔާން' ހާލުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ޔޫރަޕު