ދިއިސްލާމް މިއަހަރުގެ ޙައްޖުގައިވެސް ރެކޯޑެއް ޤާއިމްކޮށްފި

މިއަހަރުގެ ޙައްޖުގައިވެސް ރެކޯޑެއް ޤާއިމްކޮށްފި

މިއަހަރުގެ ޙައްޖުގައިވެސް ރެކޯޑެއް ޤާއިމްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ސައޫދީ އަރަބިއްޔާ ނޫން އެހެން ޤައުމުތަކުން ޙައްޖަށް އައި މީހުންގެ ޢަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު 1.5 އިންސައްތައަށް އިތުރުވެ، މިހާތަނަށް ބޭރު ޤައުމުތަކުން ޙައްޖަށް އެންމެ ގިނަ މީހުން އައި އަހަރަށް މިއަހަރު ވެއްޖެއެވެ. މިއަހަރު އެހެން ޤައުމުތަކުން ޙައްޖަށް އައި މީހުންގެ ޢަދަދަކީ 1,828,195 އެވެ. އެއީ މިދިޔަ އަހަރާއި އަޅައިބަލާއިރު، 27,274 މީހުންގެ އިތުރުވުމެކެވެ. މިކަން ހާމަކޮށްފައިވަނީ ވަލީ ޢަހްދު ޕްރިންސް ނާއިފް ރަސްގެފާނު ޢަބްދުﷲ އަށް ފޮނުއްވި މެސެޖެއްގައެވެ.

ވަލީ ޢަހްދުގެ އިތުރުން ދާޚިލީ ވަޒީރުކަމާއި ޙައްޖު ކޮމެޓީގެ ޗެއާމަންކަންވެސް ފުރުއްވާ ޕްރިންސް ނާއިފްވަނީ ޙާޞިލްކުރެވުނު މި ރެކޯޑަށްޓަކައި ދެޙަރަމުގެ ޚާދިމް ރަސްގެފާނު ޢަބްދުﷲ އަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެފައެވެ.

މަޞްދަރު: އަރަބްނިއުސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.