އިންޑޮނޭޝިޔާގެ މަޖިލިސް މެމްބަރުން ގާޒާއަށް 2 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.
ހަބަރު ލިބިފައިވާގޮތުގައި އިންޑޮނޭޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 35 ބޭފުޅުންގެ މިވަފުދު އިއްޔެގެ ވަގުތެއްގައި ގާޒާއަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އެބޭފުޅުންގެ މިޒިޔާރަތަކީ ގާޒާގެ ހާލަތު ދެނެގަތުމާއި ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ހާލަތު ވަޒަން ކުރުން ކަމަށް އެވަފުދާއި ހަވާލާދީ މުސްލިމް މީޑިއާތަކުން ހަބަރުދެއެވެ.
އިންޑޮނޭޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މިވަފްދުން 2 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވަނީ ގާޒާގައި ހޮސްޕިޓަލެއް ބިނާކުރުމަށްކަމަށް ހަބަރުލިބެއެވެ. އެބޭފުޅުން އެހޮސްޕިޓަލަށް ދޭން ނިންމާފައިވާ ނަމަކީ 'އަލް ރައްޔާން' ކަމަށް ހަބަރުތަކުން ބުނެއެވެ.
މަޖިލިސް މެމްބަރުންގެ މިތާރީހީ ޒިޔާރަތުގައި ފަލަސްތީނު ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...