ދިއިސްލާމް ރަޝިޔާގެ އެހީގެ ޤާފިލާ ޣާޒާއަށް ވަދެއްޖެ

ރަޝިޔާގެ އެހީގެ ޤާފިލާ ޣާޒާއަށް ވަދެއްޖެ

ރަޝިޔާގެ އެހީގެ ޤާފިލާ ޣާޒާއަށް ވަދެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެހީގެ ސާމާނު ހިފައިގެން ޣާޒާއަށް ދަތުރުކުރި ރަޝިޔާގެ ޤާފިލާ މިދިޔަ ބުރާސްފަތި ދުވަހު ރަފަހު ބޯޑަރު ހުރަސްކޮށް ޣާޒާއަށް ވަދެއްޖެއެވެ.

މިޤާފިލާއިން ޣާޒާއަށް އެހީގެ ގޮތުގައި މައިގަނޑުގޮތެއްގައި ގެންގޮސްފައިވަނީ މިވަގުތު ޣާޒާ ސިޓީގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ހުސްވަމުންދާ ބޭހާއި ބޭސްފަރުވާާ ދިނުމުގައި ބޭނުންކުރާ ސާމާނެވެ. މިއީ ޣާޒާގެ ހިޞާރުކުރެވިފައިވާ މުސްލިމުންނަށް އެހީވުމަށްޓަކައި މިބާވަތުގެ ޤާފިލާއެއް ރަޝިޔާއިން ދަތުރުކުރި ފުރަތަމަ ފަހަރެވެ. ރަޝިޔާގެ މުސްލިމުންވަނީ މިދިޔަ ރަމަޟާންމަހު ޣާޒާގެ ރައްޔަތުންނަށް އެހީވުމަށްޓަކައި ޚާއްޞަ ކެމްޕޭނެއް ހިންގާފައެވެ. މޮސްކޯގައި ޖަމާކުރެވުނު އެފައިސާއިން ބޭސް ގަތުމަށްފަހު ޣާޒާގެ ރައްޔަތުންނަށް މީގެ ކުރިންވެސް ވަނީ ފޮނުވާފައެވެ.

މިކަން އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ސޮލިޑެރިޓީ އެސޯސިއޭޝަން ފައުންޑޭޝަންގެ ޗެއާޕާސަން ލައިލާ ޔަރޫފާ ވިދާޅުވިގޮތުގައި ޣާޒާގެ ރައްޔަތުންނަށް އެހިވެދިނުމަށް އެދި އެމީހުން ގޮވާލިގޮވާލުމަށް އިޖާބަދީ ރަޝިޔާގެ މުސްލިމުންވަނީ އެއްލައްކަ ހަތްދިހަހާސް ޔޫއެސްޑޮލަރުގެ ސާމާނު ޖަމާކޮށްފައެވެ. އަދި އޭނާގެ ޖަމާޢަތުންވެސް ރަޝިޔާގެ އެކިކަންކޮޅުތަކުން ސަތާރަހާސް ޑޮލަރު ވަނީ ޖަމާކޮށްފައެވެ.

ރަޝިޔާގެ މިޤާފިލާ  ޣާޒާއަށް ވަން މިވަގުތަކީ  ޣާޒާގެ ހެލްތު މިނިސްޓްރީގެ ފަރާތުން 310 ބާވަތެއްގެ ބޭސް ހުސްވުމަށް ކައިރިވެފައިވާ ކަމާށާއި ޣާޒާގެ ޞިއްޙީީ ދާއިރާ ސަލާމަތްކުރުމަށް އެހީވެދިނުމަށް އެދި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައިވާ ދަނޑިވަޅެކެވެ.

 މަޞްދަރު: ދި ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.