ތާބިޢި ބެއިކަލުންގެ ޒަމާނުގައި އުޅުން މީހެކެވެ. އޭނާ އަކީ ހަށިގަނޑު ވަރުގަދަ ބޮޑު ފިރިހެނެކެވެ. މަސަތްކަތަކީ މީހުން ގޮވައިގެން ސިޓީތަކާއި އަވަށް އަވަށަށް އޭނާގެ އަސް ގާޑިޔާގައި، އަގު ދިނީމައި ގެންގޮސްދިނުމެވެ.
ނަމަވެސް މި މީހާ ހަދާ ގޮތަކީ އޭނާ ގެންދާ މީހާޔާއި އެކީ ވަކި ހާއްސަ ހިސާބަކަށް ގޮސް ފަރާތަކަށް ޖެހިލާފައި އެ މީހާ (ޕެސެންޖަރ) މަރާލައިގެން ކަނީ އެވެ.
އެއްދުވަހަކު މި މީހާގެ އަސް ގާޑިޔާގެ ފަހަތަށް މާތް ބެއިކަލަކު އަރާ ވަޑައި ގަތެވެ. އެ މީހާ ހަމަ އެ މަގުން ދަތުރު ކުރަމުން ގޮސް އެހިސާބާއި އަރާ ހަމަވުމުން އެ ދާ ދިމާލަށް ދިޔުމަށް މަގު ތަފާތު ކޮށްލި އެވެ. މި އާ މަގުން އެ މާތް ބެއި ކަލަށް ފެނި ވަޑައިގަތީ ހުސް ބިރުގަންނަ ޒާތުގެ އެއްޗެއްސެވެ. އިންސާނުންގެ ކަށިގަނޑު ތަކެވެ. ބޮލުގެ ނާށި ގަނޑު ގަނޑެވެ.
އަދި އޭނާ ގެ ޢަމަލުތަށް ހުރި ގޮތުން ނާއި މި ކަންކަމުން އެ ކަލޭގެފާނުން އެމީހާއި މެދު ޖެހިލުން ވެއްޖެ އެވެ. އަދި ﷲ އަށް އެކަލޭގެފާނުން ނަށް އެމީހާގެ ފަރާތުން ލިބިދާނެ ނުރައްކަލަކުން ސަލާމަތް ކޮށްދެއްވުމަށް އެދި ދުޢާ އެއް ކުރެއްވެވި އެވެ.
ވަކި ހިސާބަކުން އެމީހާ ހުއްޓައިފި އެވެ. އަދި ވަޅި ހިފައިގެން އެ މާތް ބެއިކަލުގެ ގާތަށް އައިސް އެކަލޭގެފާނުން ޤަތުލު ކޮށްލަން އުޅެފި އެވެ. އެވަގުތު "އަދި އެހަށް މަޑުކޮށްލާ" ށެވެ ބުނާ އަޑެއް އިވިއްޖެ އެވެ. ތަންތަން ބަލާލައިފައި އެމީހާ ދެވަނަ ފަހަރަށް ވެސް އެ ހަންޖަރު މަޅާލައި ފި އެވެ. މިފަހަރު ވެސް ކުރީ ފަހަރު ވީ ގޮތަށް ހަމަ އެ އަޑު އިވިއްޖެ އެވެ. ދެވަނަ ފަހަރަށް ވެސް ތަން ތަން ބަލާފައި އަނެއްކާ ވެސް.......
ތިން ވަނަ ފަހަރަށް އަޑު އިވުނީމައި ވަށައިގެން ބަލާލާފައި ރުޅި އަރައި ގަނެގެން ހަމަ ޤަތުލު ކުރުމަށް ހަންޖަރު މަޅާލި ތަނުން ގަސްތަކު ތެރެއިން އަހެއްގައި ނިކުތް ހުދުކުލައިގެ މީހަކު އައި ގޮތަށް އައިސް އެ ނުބައި މީހާ ޤަތުލު ކޮށްލައި ފި އެވެ.
އެ އަސްވާރު ދާން ހެދީމައި އެ މާތް މީހާ ތިއީ ކާކުތޯ ސުވާލު ކުރެއްވެވި އެވެ. އެމީހަކު ޖަވާބުގައި ވިދާޅު ވީ އެމީހާ އަށް ފުރަތަމަ މަޑުކޮށްލާށޭ ބުނި އިރު ތިމަން ކަލޭގެފާނު ވީ 7 ވަނަ އުޑު މަތީ ގަ އެވެ. ދެވަނަ ފަހަރު އެހެން ވިދާޅު ވީ ވަގުތު ވަނީ 3 ވަނަ އުޑުމަތީ ގަ އެވެ. ތިން ވަނަ ފަހަރު މަޑު ކުރަން ވިދާޅުވީ އިރު ތިމަން ކަލޭގެފާނުން ވީ ފުރަތަމަ އުޑުގައެވެ. ދެން އޭނާ ހަނޖަރު މަޅާލި އިރު އެ ގަސްތަކު ތެރޭގައި ތިމަން ކަލޭގެފާނުން ވީމެވެ. ﷲ ކަލޭގެފާނުންގެ ދުޢާ އިޖާބަ ކުރައްވަވާ އޭނަގެ ކިބައިން ސަލާމަތް ކުރެއްވުމަށް ތިމަން ކަލޭގެފާނުން ފޮނުއްވެވި އެވެ.
ﷲ ތަޢާލާ ވަޙީ ކުރަށް ވާފަދައިން އެދަރަޖައިގަ ވާ ބޮޑެތި މާތް މީހުން ނަށް (ޢާންމުވެގެން އަންނަ) މުސީބާތް ތަކުން ވެސް ސަލާމަތް ކުރައްވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...