ދިއިސްލާމް އިދިކޮޅު ހަނގުރާމަވެރިންގެ ހަމަލާގައި ގައްޒާފީ އަވަހާރަކޮށްލައިފި

އިދިކޮޅު ހަނގުރާމަވެރިންގެ ހަމަލާގައި ގައްޒާފީ އަވަހާރަކޮށްލައިފި

އިދިކޮޅު ހަނގުރާމަވެރިންގެ ހަމަލާގައި ގައްޒާފީ އަވަހާރަކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ގައްޒާފީ މަރުވެފައިވާކަމަށް ބުނާ ފޮޓޯ

 

ގައްޒާފީ އަވަހާރަކޮށްލައިފިކަމަށް މުއުތަބަރު ގޮތެއްގައި ޚަބަރު ލިބިއްޖެއެވެ.

 

ލީބިޔާގެ ރައީސްކަމުގައި ހުންނަވަނިކޮން އިދިކޮޅު ފަރާތްތަކުން ވެރިކަމާއި ދެކޮޅަށް ނުކުމެ ހަތިޔާރުގެ ބޭނުންކޮށް ފަހަރު ސަރަހައްދެއް ހިފަމުން ގޮސް ގައްޒާފީ ހުންނެވި ސަރަހައްދުގައި ބަދަލުކުރެވުނު ހަމަލާތަކެއްގައި ގައްޒާފީ އަވަހާރަވެފައިވާކަމަށް އިދިކޮޅު ހަނގުރާމަވެރިންގެ ފަރާތުންވަނީ ކަށަވަރު ކޮށްދީފައެވެ.  އިދިކޮޅު ހަނގުރާމަވެރިންގެ ކޮމާންޑަރު މުހައްމަދު ލީތު ބުނެފައިވަނީ "ހަނގުރާމަވެރިންގެ ހަމަލާގައި ގައްޒާފީ ޒަމްވެ ލިބުނު އަނިޔާތަކަށްފަހު މަރުވެފައިވާ"ކަމަށެވެ. އަދި މީގެ އިތުރުން ގައްޒާފީގެ ސަރުކާރުގެ ތަރުޖަމާނު ހައްޔަރު ކޮށްފައިވާކަމަށާއި ބައެއް އިސް މީހުންވެސް މަރުވެފައިވާކަަމަށް އިދިކޮޅު ހަނގުރާމަވެރިއަކަށް ހާވާލާދީ އަލްޖަޒީރާއިން ޚަބަރު ދެއެވެ.

 

ގައްޒާފީގެ ހަށިގަނޑުކަމަށް ބުނާ ފޮޓޯއެއް އާންމުވެފައިވާއިރު އެފޮޓޯގެ ސައްހަކަމާއި މެދު އިދިކޮޅު ހަނގުރާމަވެރިންގެ ބަހެއް އާންމުވެފައެއް ނުވެއެވެ. ނޭޓޯ އާއި އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުންވެސް ބުނެފައިވަނީ "ގައްޒާފީގެ މަރުގެ ޚަބަރު" އަދި ޔަގީން ކޮށް ނުދެވޭކަމަށެވެ.

ގައްޒާފީގެ މަރުގެ ޚަބަރު ލިބުމާއި އެކު ލީބިޔާގެ މަގުތަކުގައި އެކަމުގެ އުފާފާޅުކުރުން ވަނީ ފަށިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.