ދިއިސްލާމް އިޒްރޭލުގެ ޖަލެއް ކައިރީ މުޒާހަރާކުރަމުން ދިޔަ ފަލަސްތީނުގެ މީހުންނަށް އިޒްރޭލުން ހަމަލާދީފި

އިޒްރޭލުގެ ޖަލެއް ކައިރީ މުޒާހަރާކުރަމުން ދިޔަ ފަލަސްތީނުގެ މީހުންނަށް އިޒްރޭލުން ހަމަލާދީފި

އިޒްރޭލުގެ ޖަލެއް ކައިރީ މުޒާހަރާކުރަމުން ދިޔަ ފަލަސްތީނުގެ މީހުންނަށް އިޒްރޭލުން ހަމަލާދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުގެ އަނިޔާވެރި ސިފައިން އިއްޔެ ހަމަލާދިނުމުން ޖަލު ކައިރީ މުޒާހަރާ ކުރަމުން ދިޔަ ފަލަސްތީނު މީހުން ސަލާމަތްވުމަށް ދުވަނީ – ފޮޓޯ : ޕްރެސްޓީވީ

ހިފާފައިވާ ފަލަސްތީނުގެ ވެސްޓްބޭންކުގައި އިޒްރޭލުން ހަދާފައިވާ ޖަލެއް ކައިރީގައި ބަނޑުހައި ހޫނުކަމުގެ މުޒާހަރާ ކުރަމުން ދިޔަ ފަލަސްތީނުގެ މުސްލިމުންނަށް އިޒްރޭލުގެ އަނިޔާވެރި ސިފައިން އިއްޔެ ހަމަލާތަކެއްދީފި އެވެ.

އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން މި ޖަރީމާ ހިންގާފައި ވަނީ ރާމަﷲ ސިޓީގައެވެ.

މިމުޒާހަރާއަކީ އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އެބައިމީހުންނާމެދު ޖަލުތަކުގައި ކުރަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ކުރަމުންދާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލާށް ފަލަސްތީނުގެ ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަން އަންގައި އެމީހުންނަށް ހިތްވަރުދިނުމަށް ވަކިމުއްދަތެއް ނެތި ކުރިއަށްގެންދާ މުޒާހަރާއެކެވެ.

ފަސްދޮޅަހެއްހާ އެކްޓިވިސްޓުން ވެގެން މުޒާހަރާ ފެށީ މި ހަފްތާ ހޯމަ ދުވަހު އެވެ. އިއްޔެގެ ވަގުތެއްގައި ގިނަބަޔަކު މިމުޒާހަރާގައި ވަނީ ބައިވެރިވެފައެވެ. ކުޑަކުދިންނާއި އަންހެނުންވެސް ބައިވެރިވަމުންދާ މިމުޒާހަރާގައި އިޒްރޭލުގެ ސިފައިންނާ ދެކޮޅަށް އެބައިމީހުންދަނީ ގާ އުކަމުންނެވެ.

އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ ކުޑަކުދިން ބަންދުކޮށް އެކުދިންނަށް އަނިޔާކުރަމުންދާތީ ފަލަސްތީނުގެ މީހުން ވަނީ ތަކުރާރުކޮށް އިޒްރޭލު ކުށްވެރިކޮށް އަޑުއުފުލާފަ އެވެ.

އިޒްރޭލުގެ 25 ޖަލެއްގައި ތިބި ފަލަސްތީނު އަދި އަރަބިންގެ މީހުން މިދިޔަ މަހުގެ 27 ވަނަ ދުވަހުން ވެސް ވަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކޮށްފައެވެ. އެ ހަޅުތާލު ކޮށްފައި ވަނީ އިޒްރޭލު ޖަލުތަކުގައި ކެއިން ބުއިމާއި، ސިއްހަތާއި އަދިވެސް އެހެނިހެން އަސާސީ ކަންތައްތަކުގެ ފެންވަރު ދަށްވެގެންނެވެ.

ފަލަސްތީނުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިކްސް އިން ހާމަކުރާ ގިތުގައި އިޒްރޭލުގެ ޖަލުތަކުގައި މިހާރު ގާތްގަނޑަކަށް 6,000 ފަލަސްތީނު މީހުން ހައްޔަރުކޮށްފައި ވެއެވެ.

މިއަހަރުގެ ޖޫންމަހު އިޒްރޭލުގެ ބޮޑުވަޒީ ބެންޖާމިން ނަތަންޔާހޫ ވަނީ ޖަލުތަކުގައި ތިބޭ ފަލަސްތީނުގެ މީހުންނާ މެދު ކުރިއަށްވުރެ ވެސް ހަރުކަށިވުމަށް ގޮވާލާފައެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.