އަރަބިދުނިޔެ އިޒްރޭލުގެ ބަޔަކު ފަލަސްތީނުގެ ދެ ކުއްޖަކަށް ބަޑިން ހަމާލާދީ ޒަހަމް ކޮށްލައިފި

އިޒްރޭލުގެ ބަޔަކު ފަލަސްތީނުގެ ދެ ކުއްޖަކަށް ބަޑިން ހަމާލާދީ ޒަހަމް ކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އިޒްރޭލުގެ ބަޔަކު ފަލަސްތީނުގެ ދެ ކުއްޖަކަށް ބަޑިން ހަމާލާދީ ޒަހަމް ކޮށްލައިފިއެވެ.

ފަލަސްތީނުގެ މީޑިއާތަކުން ހަބަރު ފަތުރާގޮތުގައި މިހަމަލާ ދީފައިވަނީ ފަލަސްތީނުގައި ގަދަކަމުން ވަޒަންވެރިވެގެން އުޅޭ އިޒްރޭލު ބަޔަކުކަމަށާއި ކާރެއްގައި އައި އިޒްރޭލު ބަޔަކު ކާރު މަޑުކޮށް ޔުނިވާރސިޓީއަށް ވަންނަން ދިޔަ ދެކުއްޖެއްގެ ބުރަކައްޓައްށާއި ފަޔަށް ބަޑި ޖަހާފައި ކާރުގައި އައި މީހުން ދިޔައީކަމަށެވެ. މިބަޑިޖެހުމުގެ ހާދިސާގައި ޒަހަމްވެފައިވާ ދެކުދިން މިހާރު އަލް-އަހްލި ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށާއި މިހަމަލާގެ 'ސަބަބު' އެނގިފައިނުވާކަމަށެވެ. އެހެނަސް އިޒްރޭލުގެ މީހުންގެ ދުއްތުރާ ފަލަސްތީނުގައި ދިރިއުޅޭ ރައްވެހިންނަށް އާންމުގޮތެއްގައި ފޯރާކަން އެއީ މުޅި ދުނިޔެ ދަންނަ ކަމެކެވެ.

މިހާދިސާ ހިނގާފައިވަނީ ހިބްރޫންގައި ކަމަށް ހަބަރުލިބެއެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.