ދިއިސްލާމް އެމެރިކާގެ ތިން ޑްރޯން ވެއްޓިއްޖެ.

އެމެރިކާގެ ތިން ޑްރޯން ވެއްޓިއްޖެ.

އެމެރިކާގެ ތިން ޑްރޯން ވެއްޓިއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އެމެރިކާއިން، ސޯމާލިއާގައި ބޭނުންކުރަމުން އައި ތިން ޑްރޯން އިއްޔެގެ ވަގުތެއްގައި ވެއްޓިއްޖެކަމަށް ޕްރެސް ޓީވީން ހާމަކޮށްފިއެވެ.

ސޯމާލިއާގެ އޮފިޝަލުންނާ ހަވާލާދީ ޕްރެސް ޓީވީން ބުނާގޮތުގައި، އެ ޑްރޯން ތައް ސީދާ ވެއްޓުނު ތަނެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަ ދެއެވެ. ސޯމާލިއާގައި އެމެރިކާއިން ޑްރޯން ބޭނުން ކުރަން ފެށުމާއެކު، އެމެރިކާއިން ޑްރޯން ބޭނުންކޮށްގެން ހަމަލާތައް ދެމުންދާ ގައުމުތަކުގެ އަދަދު ވަނީ ހަޔަކަށް އަރާފައެވެ. ސޯމާލިއާގެ އިތުރުން މި ލިސްޓުގައި ހިމެނެނީ، އަފްގާނިސްތާނާއި، ޕާކިސްތާނާއި، ލީބިޔާގެ އިތުރުން އިރާޤް އަދި ޔަމަނެވެ.

ސޯމާލިޔާގައި އެމެރިކާގެ ތިން ޑްރޯން ވެއްޓުނު އިރު، އެ ޑްރޯންތައް ބިމުން ކަންޓްރޯލް ކުރާ، ކްރީޗް އެއާ ބޭސްގެ ސެކިއުރިޓީ ސިސްޓަމަށް ވައިރަހެއްގެ އަސަރު ކޮށްފައިވާކަމަށްވެސް ދަނީ ޚަބަރު ފެތުރެމުންނެވެ. އެމެރިކާއަށް އަދި ވަނީ އެ ވައިރަސް އުން ސަލާމަތް ނުވެވިފައެވެ.

ޑްރޯން ވެފައިވަނީ، އެމެރިކާގެ އަސްކަރިއްޔާގެ ވަރަށް މުހިންމު ހަތިޔާރަކަށެވެ. އެމެރިކާއިން ބުނާ ގޮތުގައި، ދާދި ފަހުން އެމެރިކާއިން ޝަހީދުކޮށްލި ކަމަށް ބުނާ އަންވަރުލް އައުލާކީވެސް، މަރާލާފައިވަނީ ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާއެއްގައެވެ. އަދި އަލް ޤައިދާގެ ސެކަންޑް އިން ކޮމާންޑް ގެ މަޤާމުގައި ހުރި އަތިއްޔާ އަބްދުލް ރަޙްމާން، މި އަހަރުގެ އޮގަސް މަހު މަރާލާފައިވަނީވެސް ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާއެއްގައެވެ.

ޓެގް

އަފްޣާނިސްތާން ހަމަލާ ޕާކިސްތާން އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.