ދިއިސްލާމް ކުރިއަށް އޮތް ދުވަސް ތަކުގައި ވެރިކަމުގެ ބާރުތައް ދޫކޮށްލައްވާނެ ކަމަށް ޔަމަނުގެ ރަޢީސް ވިދާޅުވެއްޖެ

ކުރިއަށް އޮތް ދުވަސް ތަކުގައި ވެރިކަމުގެ ބާރުތައް ދޫކޮށްލައްވާނެ ކަމަށް ޔަމަނުގެ ރަޢީސް ވިދާޅުވެއްޖެ

ކުރިއަށް އޮތް ދުވަސް ތަކުގައި ވެރިކަމުގެ ބާރުތައް ދޫކޮށްލައްވާނެ ކަމަށް ޔަމަނުގެ ރަޢީސް ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔަމަނުގެ ރަޢީސް ޢަލީ ޢަބްދުﷲ ޞާލިޙް ދައުލަތުގެ ޓީވީ މެދުވެރިކޮށް އިއްޔެ ވާހަކަފުޅު ދައްކަވަނީ

ކުރިއަށް އޮތް ދުވަސް ތަކުގައި ވެރިކަމުގެ ހުރިހާ ބާރުތަކެއް ދޫކޮށްލައްވާނެ ކަމަށް ޔަމަނުގެ ރަޢީސް ޢަލީ ޢަބްދުﷲ ޞާލިޙް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ދައުލަތުގެ ޓީވީ މެދުވެރިކޮށް އިއްޔެ ދެއްވެވި ޙިތާބެއްގައެވެ.

"އަހަރެން ބާރާއި ދެކޮޅު ހަދަން.. އަދިވެސް ދެކޮޅު ހަދަން..އަދި ކުރިޔަށް އޮތް ދުވަސް ތަކުގައި ބާރުތައް އަހަރެން ދޫކޮށްލާނަން" ޞާލިޙް ވިދާޅުވިއެވެ.

މިއީ ޞާލިޙްގެ 33 އަހަރުވީ ވެރިކަން ނިންމުމަކަށް ގެނައުމަށް ޔަމަނުގެ ރައްޔިތުން މުޒާހަރާ ކުރަން ފެށި ފަހުން، އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ވެރިކަމުގެ ބާރުތައް ދޫކޮށްލެއްވުމަށް ފާޅުގައި އެއްބަސްވެވަޑައިގެން އެކަން އޭނާ ހާމަކުރި ފުރަތަމަ ފަހަރެވެ.

މި އަހަރު ޖެނުއަރީ މަހުން ފެށިގެން ޔަމަނުގައި ކުރިއަށްދާ ސަރުކާރާއި ދެކޮޅު މުޒާހަރާ ތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ މަރާލާފައެވެ. އަދި އެތައް ހާސް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.