ދިއިސްލާމް އެމެރިކާގެ ބަންގޯރ ސިޓީގެ ދަނޑުވެރިޔަކު ލަވަކިޔުންތެރިޔާ ރީހާނާ އަށް އައުރަ ނިވާކުރުމަށް އަންގައިފި

އެމެރިކާގެ ބަންގޯރ ސިޓީގެ ދަނޑުވެރިޔަކު ލަވަކިޔުންތެރިޔާ ރީހާނާ އަށް އައުރަ ނިވާކުރުމަށް އަންގައިފި

އެމެރިކާގެ ބަންގޯރ ސިޓީގެ ދަނޑުވެރިޔަކު ލަވަކިޔުންތެރިޔާ ރީހާނާ އަށް އައުރަ ނިވާކުރުމަށް އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ދަންޑުވެރިޔާ އަލާން ގްރެހެމް

އެމެރިކާގެ ބަންގޯރ ސިޓީގެ ދަނޑުވެރިޔަކު ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރީހާނާ އޭނާގެ ގޮވާން ދަނޑުގައި ޝޫޓިން އެއް ނަގަންމުން ދަނިކޮށް އައުރަ ނިވާކުރުމަށް އަންގައިފިއެވެ.

ދަނޑުވެރިޔާ އަލާން ގްރެހެމް ބުނީ އޭނާ ޓެރެކްޓަރަށް އަރަން ދިޔަ ވަގުތު އޭނާއަށް ފެނުނީ ރީހާނާ ހެދުން ބޭލިތަން ކަމަށާއި ވަގުތުން އަލާން ޝޫޓިން ހުއްޓުވައި ރީހާނާއަށް އޭނާގެ އައުރަ ނިވާ ކުރުމަށް އެންގީ ކަމަށެވެ. އަލާން ބުނި ގޮތުގައި އެއީ އޭނާގެ ނަޒަރުގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަލާންގެ މި އެންގުން ރީހާނާ ވަނީ ޤަބޫލްކޮށްފައެވެ. އަދި އަލާން ބުނިގޮތުގައި އޭނާ ރީހާނާ އާއެކު މިކަމުގައި މަޝްވަރާކުރިއެވެ. އަދި ދެމީހުން އެއްބަސްވުމަކަށް އާދެވުނުކަމަށް އަލާން ބުންޏެވެ.

އަލާންގެ ދަނޑަށް ޝޫޓިން ނަގަން އަންނަން ހަމަ ޖައްސަންވެގެން ފޯނުކުރި އިރު އަލާން އަކަށް އަންނަނީ ކާކުކަމެއް ނޭނގެއެވެ. އޭނާ ބުނި ގޮތުގައި އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް އޭނާ ކަންތައް ކުރާނީ އެގޮތަށެވެ. އަދި އެއީ އެމީހަކަށް ޤަދަރު ކުޑަ ކުރުމެއް ނޫން ކަމަށާއި، ރީހާނާ ކުރި ކަމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް އަލާން ބުންޏެވެ. އަލާން ބުނީ އޭނާގެ އެދުމަކީ ރީހާނާ އާއި އޭނާގެ ޓީމަށް އެންމެ ގަދަފަދަ ވަންތަ އިލާހަކީ ކޮބައިކަން އެނގިގެން ދިޔުން ކަމަށެވެ.

ހުޅަނގުގެ ގައުމުތަކުގައި ފިލްމާއި މުނިފޫހިފިލުވުމުގެ ނަމުގައި ފާޙިޝްކަންކަން ކުރުމަކީ އާއްމުކަމެކެވެ.  އަދި މިކަމުގެ ސަބަބުން މުޖުތަމަޢުއަށް އެތައް ނޭދެވޭ އަސަރުތައް ކުރެއެވެ. އެހެންކަމުން އަލާން ގްރެހެމް ހެން މިކަންކަމާއި ދެކޮޅަށް މަސައްކަތް ކުރާމީހުންވެސް މަދެއް ނޫނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.