އިޒްރޭލުގެ މީހަކު ދުއްވަމުންދިޔަ ކާރުން ފަލަސްތީނުގެ 8 އަހަރުގެ ކުޑަ ކުއްޖެއްގެ ގައިގާ ޖައްސާ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި އެވެ.
ފަލަސްތީނުގެ ބިން ފޭރިގަނެގެން އުޅޭ އިޒްރޭލުގެ މީހަކު މި ލާއިންސާނީ ޖަރީމާ ހިންގައިފައިވަނީ އިއްޔެ އަލް ޚަލީލް ނުވަތަ ހިބްރޫންގެ އަވަށުގައެވެ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި މި ޖަރީމާ ހިންގުމަށްފަހު އެ ކާރު ދުއްވި މީހާ ވަނީ ފިލާފައެވެ. މި ޙާދިޘާ ދިމާވުމުން ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ވަނީ އިރުކޮޅެއްގެ ތެރޭގައި ޙާދިޘާ ހިނގި ތަނަށް ގޮސްފައެވެ. ނަމަވެސް ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ ސިފައިން ވަނީ ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ޒަޚަމްވި ކުޑަ ކުއްޖާގެ ގާތަށް ދިއުމަށް ހުރަސްއަޅާފައެވެ. އަދި އެ ކުޑަ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިޒްރޭލުގެ އެމްބިއުލާންސެއް ގައެވެ.
އިޒްރޭލުގެ ސިފައިން ވަނީ އެ ކުޑަކުއްޖާގެ ތިމާގެ ދެމީހުން ހައްޔަރުވެސް ކޮށްފައެވެ.
އިޒްރޭލުގެ ސިފައިން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެކިގޮތްގޮތަށް ދުއްތުރާތައް ކުރަމުންނެވެ. ކުޑަ ކުއްޖަކަށް މުސްކުޅިއަކަށް އަދި އަންހެނަކަށް ބެލުމެއްނެތި ފަލަސްތީނު މީހުންނަށް ދަނީ ހަމަލާތައް ދެމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...