ދިއިސްލާމް އީރާނުގެ ރަޢީސް އަހުމަދީނީޖާދުގެ ވާހަކަފުޅު ދައްކަވަމުން ދަނިކޮށް އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުން މަޖިލީސް ދޫކޮށްފ

އީރާނުގެ ރަޢީސް އަހުމަދީނީޖާދުގެ ވާހަކަފުޅު ދައްކަވަމުން ދަނިކޮށް އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުން މަޖިލީސް ދޫކޮށްފ

އީރާނުގެ ރަޢީސް އަހުމަދީނީޖާދުގެ ވާހަކަފުޅު ދައްކަވަމުން ދަނިކޮށް އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުން މަޖިލީސް ދޫކޮށްފ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އީރާންގެ ރަޢީސްގެ ވާހަކައިގެ މެދު ތެރެއިން އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުން އދ. އާއްމު ބައްދަލުވުން ދޫކޮށް ނިކުމެއްޖެއެވެ.

އެމީހުން މަޖިލީސް ދޫކޮށް މި ނިކުތީ ރަޢީސް އަހުމަދީނީޖާދު އެމެރިކާއާއި ހުޅަނގުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ފާޅުގައި ވާހަކަފުޅު ދައްކަވަންފެށުމުންނެވެ.

ރަޢީސް އަހުމަދީނީޖާދު ވަނީ ސެޕްޓެމްބަރ 11 ގައި ހާދިޡާ އަކީ އަފްގާނިސްތާނާއި އިރާގަށް ހަމަލާދީ ހަނގުރާމަކުރަން ބޭނުން ކުރި އުކުޅެއްކަމަށް ވިދާޅުވެ ސުވާލު އުފައްދާފައެވެ. އަދި އެދެޤައުމަށް އަރައިގަތުމުގެ ބޭނުމަކީ މެދުއިރުމަތީގެ ކޮންޓްރޯލު ހޯދުމާއި އެ ޤައުމުތަކުގެ ތެލުގެ މުއްސަދިކަން އަތުލަން ކުރި މަސައްކަތެއްކަމުގައި އޭނަ ސިފަކުރައްވާފައެވެ. އަދި ސެޕްޓެމްބަރ 11 ގައި ހާދިޘާ އާއި އެމީހުން އެންމެ ބޮޑަށް ގުޅުވާ ފަރާތް ހައްޔަރު ކުރެވުމުން އޭނާ މަރާލާ ކަނޑަށް އެއްލާލުމަކީ މި ހާދިޘާ އާމެދު އިތުރަށް ސުވާލު އުފެދެން ޖާގަ ލިބުނު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އޭނާއާއި މެދު ޝަރީއަތެއް ހިންގާ ކަމުގެ ހަޤީގަތް ހާމަކޮށްދިން ނަމަ މާ ރަނގަޅުވީސް ކަމުގައި ރައީސް އަހުމަދީނީޖާދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އިރާގުން އިރާނާއި ދެކޮޅަށް 8 އަހަރުވާންދެން ކުރި ހަނގުރާމައަކީ ކޮންބަޔެއްގެ އެހީ ލިބިގެން ކުރި ހަނގުރާމައެއްތޯ އޭނާވަނީ ސުވާލުކުރައްވާފައެވެ.

އަދި "ޑިމޮކްރަސީގެ" މާ ފޮޅެނީ ނޭޓޯއިން ގޮއްވާ ބޮމާއި ފޮނުވާ މިސައިލާއި ޖަހާ ބަޑިން ތޯ އިރާނުގެ ރަޢީސް ސުވާލުކުރެއްވިއެވެ. އަދި އެމެރިކާއާއި ނޭޓޯ އިން ގައުމުތަކަށް ހަމަލާ ދިނުމަށް ކުރާ ހަރަދުގެ ދެބައިކޮށްފައި އެއްބައި ނަމަވެސް ފަޤީރުންނަށް ބަހާލުމުން ވާނެ ގޮތް ތަސައްވަރު ކޮށްލުމަށް އޭނާ އެދިލެއްވިއެވެ.

އަދި މިނިވަން ކަމާއި އިންސާފާއި ހަމަ ހަމަކަމަކީ ކޮންމެ ޤައުމަކަށްވެސް ލިބެންޖެހޭ ހައްޤުތަކެއްކަމަށް ރަޢީސް ވިދާޅުވިއެވެ.

އދ. ގެ 66 ވަނަ ބައްދަލުވުމުގައި އިރާނުގެ ރަޢީސް ވަނީ އޭނާގެ ވާހަކަފުޅު ފެށުމުގެ ކުރިން އިމާމް މަޙްދީ ފޮނުއްވެވުން އަވަސް ކޮއްދެއްވުން އެދި ދުޢާކޮށްފައެވެ. އަދި އިމާމް މަޙްދީ އަށް ކާމިޔާބު ދެއްވުމަށް ވެސް ދުޢާ ކުރެއްވިއެވެ. އަދި އިމާމް މަޙްދީ އަށް ތަބަޢަވާ ބައެއްކަމުގައި ލެއްވުން އެދިވެސް ދުޢާކުރެއްވިއެވެ.

މިއީ އެމެރިކާއިން އަހުމަދީނީޖާދު އދ.ގައި ވާހަކަފުޅު ދައްކަވުން ގެންދެވަނިކޮށް އދ. ގެ މަޖިލީސް ދޫ ކުރި 3 ވަނަ އަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.