ދިއިސްލާމް މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އަރިހުގައި ރައީސް އައްބާސް ވިދާޅުވެއްޖެ

މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އަރިހުގައި ރައީސް އައްބާސް ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އަރިހުގައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު އދ ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން އާއި ބައްދަލު ކުރެއްވުމަށްފަހު ފަލަސްތީނުގެ ރައީސް ވަނީ މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް ކުރާ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށެވެ. އަދި އެ ހުށަހެޅުން އދ ގެ ސެކިޔުރިޓީ ކައުންސިލަށް ވެސް ހުށަހަޅާނެކަމަށް ރައީސް އައްބާސް ވިދާޅުވިއެވެ.

އެމެރިކާ އާއި އިޒްރާއިލުން ބުނަމުން ގެންދަނީ މިހެން ކަންތައް ކޮށްފިނަމަ ނަތީޖާ ރަނގަޅެއް ނުވާނެ ކަމަށެވެ.

ބަންކީ މޫން ވިދާޅުވީ އޭނާ، އޭނާގެ މަސްއޫލިއްޔަތު އަދާ ކުރައްވާނެ ކަމަށެވެ. އަދި އޭނާ ވަނީ ފަލަސްތީނާއި އިޒްރާއީލުން މަސްވަރާތައް އަލުން ފެށުމަށް ވެސް ގޮވާލައްވާފައެވެ.

އައްބާސް ކުރިން ވިދާޅުވެފައި ވަނީ އދ އަށް ހުށަހަޅާ ހުށަހެޅުމުގެ ސަބަބުން ދިމާވާނެ ގޮންޖެހުންތައް އެނގިވަޑައި ގަންނަވާ ކަމަށާއި، އެހެން ނަމަވެސް މިކަމުގައި އިތުރު އެހެން ގޮތެއް ނެއްކަމުގައެވެ.

އެމެރިކާއިން މި ހުށަހެޅުން ސެކުޔިރިޓީ ކައުންސިލްގައި ވީޓޯ ކޮށް އެބޭރު ކޮށްލައިފި ނަމަ، ދެން ހުށަހަޅާނީ އދ ގެ އާއްމު މަޖިލީހަށެވެ. މި މަޖިލީހުގައި ހިމެނޭ 193 ގައުމުގެ ތެރެއިން 126 ގައުމެއްގެ ތާއީދާ އެކު މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދޭނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އދ ގެ ފުރިހަމަ މެމްބަރު ގައުމަކަށް ވެވޭނީ ސެކުރިޓީ ކައުންސިލްގެ ރުހުމާ އެކުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.