ދިއިސްލާމް ފަލަސްތީނުން އދ އަށް ހުށަހަޅާ ހުށަހެޅުން ކާމިޔާބެއް ނުވާނެ : އިޒްރޭލުގެ ބޮޑުވަޒީރު

ފަލަސްތީނުން އދ އަށް ހުށަހަޅާ ހުށަހެޅުން ކާމިޔާބެއް ނުވާނެ : އިޒްރޭލުގެ ބޮޑުވަޒީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ

ފަލަސްތީނުން އދ އަށް ހުށަހަޅާ ހުށަހެޅުން ކާމިޔާބު ނުކުރެވޭނެކަމަށް އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ނަތަން ޔާހޫ ބުނެފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އޭނާ ބުނީ މިކަމުގައި އެމެރިކާ ސަރުކާރުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭނެ ކަމަށެވެ. އަދި އެމެރިކާ އާއި އިޒްރާއީލުގެ ބައިވެރިންގެ މަސައްކަތުން މި ހުށަހެޅުން ފެއިލް ކޮށްލެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެށް އެބަ އޮތްކަމަށް އޭނާ ބުންޏެވެ.

 އިތުރަށް އޭނާ ބުނި ގޮތުގައި މައްސަލަ އަށް އޮތް ހައްލަކީ މަޝްވަރާކުރުމެވެ. އަދި މި ހުށަހެޅުން އދ އަށް ހުށަނާޅާ، ފަލަސްތީނުން މަސްވަރާގެ މޭޒަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި އޭނާ ބުންޏެވެ.

ސެޕްޓެމްބަރ 23 ވާ ހުކުރު ދުވަހު އޮންނަ އދ ގެ ޖެނެރަލް އެސެމްބްލީގައި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ އިތުރުން އިޒްރޭލުގެ ބޮޑު ވަޒީރުވެސް ވާހަކަ ދައްކަން ހަމަޖެހިފައިވެއެވެ.

އަދި ފަލަސްތީނުގެ ރައީސްގެ ވާހަކަފުޅަށް ފަހު އދ ގެ 194 ވަނަ މެމްބަރު ޤައުމަށް ފަލަސްތީނު ވުމަށް އެދި ހުށަހަޅުއްވާނެކަމަށް މައުލޫމާތު ލިބެއެވެ. މި ހުށަހެޅުމަށް ދުނިޔޭގެ ވެރިންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް މުރާސިލުން ބުނެއެވެ. މިހާތަނަށް 100 އަށް ވުރެ ގިނަ ގައުމުން ވަނީ ފަލަސްތީނުގެ ހުށަހެޅުމަށް ތާއީދު ކުރާކަން ރަސްމީކޮށް ހާމަކޮށްފައެވެ.

 


މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.