އުރުދުންގެ ވެރިރަށް އައްމާންގައި ހުންނަ އެމެރިކާ އެމްބަސީ ކުރިމައްޗަށް އުރުދުންގެ ރައްޔިތުން އެއްވެ އެމެރިކާއާއި އިޒްރޭލުގެ ދިދަ އަންދާ އެމެރިކާ އާއި އިޒްރޭލާއެކު ގުޅުންކަނޑާލުމަށް ގޮވާލާ މުޒާހަރާ ކޮށްފިއެވެ. އިޒްރޭލާ އާއި އެމެރިކާއާއި ދެކޮޅަށް އަޑުއުފުލި މި މުޒާހަރާގައި އެޤައުމުގައި ތިބި އެމެރިކާމީހުން ޤައުމުން ފޮނުވާލުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައެވެ.
މި މުޒާހަރާ މި ހިނގީ، (މިލިއަން މޭން މާރޗް) މިލިއަން މީހުންގެ ހިނގާލުމުގެ ނަމުގައި ބުރާސްފަތި ދުވަހު އިޒްރޭލު އެމްބަސީ ކުރިމަށްޗަށް އެއްވެ މުޒާހަރާކުރާނެކަމަށް ގޮވާލާފައިވަނިކޮށެވެ. މި މުޒާހަރާ ރާވާ ފަރާތުން ބުނެފައިވަނީ އިޒްރޭލު އެމްބަސީ އަށް ވަންނާނެ ކަމަށާއި އަދި އެމްބަސީގައި ނަގާފައިވާ އިޒްރޭލު ދިދަ ތިރިކުރާނެކަމަށް ގޮވާލާފައެވެ.
މިސްރުގައި އިޒްރޭލު އެމްބަސީއަށް މިސްރުގެ ރައްޔިތުން ގަދަކަމުން ވަދެ އިޒްރޭލުގެ އެމްބެސެޑަރ ބޭރުކޮށްލި ހާދިސާ އާއި ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގައިވާ އިޒްރޭލު އެމްބެސީ ތައް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...