އޭޝިއާ 'ލައިލާ'ގެ ސަބަބުން 23 މީހުން މަރުވި – ރިޕޯޓް

'ލައިލާ'ގެ ސަބަބުން 23 މީހުން މަރުވި – ރިޕޯޓް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އިންޑިއާއަށް ދާދިފަހުން އެރި ބާރުގަދަ އަދި ނުރައްކާ ތޫފާން 'ލައިލާ'ގެ ސަބަބުން 23 މީހުން މަރުވިކަމުގައި އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފިއެވެ.

ދެ ދުވަހަށް ދެމިގެން ދިޔަ މިތޫފާނުގައި އިންޑިއާގެ އެކި ސަރަހައްދުތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް ހަބަރުލިބެއެވެ. އޭގެ ތެރޭގައި ދަތުރުފަތުރުކުރުމުގެ ނިޒާމަށް ބުރޫއަރާފައިވާއިރު ބައެއް ސަރަހައްދުތަކުގައ ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ތޫފާނު މިހާރު މައިތިރިވެފައިވާއިރު 50 ހާހަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވެއެވެ. ތޫފާން ލައިލާގެ ސަބަބުން އަންދްރަ ޕްރަދޭޝްއަށާއި ބައެއް ހިސާބުތަކަށް ވައިގަދަވެ އަނދިރިކަމާއި ބިރުވެރިކަން އާންމުވެފައިވެއެވެ.

އިންޑިއާގެ އަންދްރަ ޕްރަދޭޝްއަށް މިކުރިމަތިވި ތޫފާނަކީ 14 އަހަރު ތެރޭގައި ކުރިމަތިވި އެންމެ ނުރައްކާތެރި ތޫފާނުކަމަށް ހަބަރުލިބެއެވެ. 1977 ވަނަ އަހަރު އަންދްރަޕްރަދޭޝްއަށް އައި ތޫފާނުގައި 10000 މީހުންވަނީ މަރުވެފައެވެ.

ޓެގް

ތޫފާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.