އޭޝިއާ އެމެރިކާގެ އަޢުވާނުންނަށް ވެސް އޮތީ ހަމަ އެފަދަ ނިމުމެއް –ޠާލިބާން-

އެމެރިކާގެ އަޢުވާނުންނަށް ވެސް އޮތީ ހަމަ އެފަދަ ނިމުމެއް –ޠާލިބާން-

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކްލިކްފޯއިސްލާމް.ކޮމް

ރޮއިޓާރސް މެދުވެރިކޮށް ޢާންމު ކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ތެހެރީކީ ޠާލިބާން ޕާކިސްތާނުގެ ތަރުޖަމާނު އާޒިމް ޠާރިޤް އެމެރިކާގެ ނިއުޔޯރކުގެ ޓައިމް ސްކުއަރް އަށް ދޭން މަސައްކަތް ކުރި ބޮމުގެ ޙަމަލާގެ ޒިންމާ ދެވެނަ ފަހަރަށް އުފުއްލަވާފިއެވެ. ތަރުޖަމާނު ވިދާޅުވިއެވެ.” އެމެރިކާއަށް އެކަން ތަޞައްވުރުވެސް ނުކުރެވުނު.... އެނުގޮވިއެއްކަމަކު އެއީ ބޮން އަޅާ ބަރުކޮށްފައިވާ ވެހިކަލެއް“

”އެހެނެއްކަމަކު، އެމެރިކާއަށާއި އަދި ހުރިހާ އިސްތިޢުމާރީ ލަޝްކަރުތަކަށް އެމީހުން ގޮވާ މަންޒަރު ފެންނާނެ، އަދި އެމެރިކާ އަނދައިގެންދާނެ“ ތަރުޖަމާނު ވިދާޅުވިއެވެ.

”އެމެރިކާގެ އަޢުވާނުންނަށް ވެސް ފެންނާނީ ހަމަ އެފަދަ ނިމުމެއް، އެމީހުންނަށް މުޖާހިދުން ނުވަތަ ޖިހާދު ނައްތައެއް ނުލެވޭނެ، އަދި ކިއެއްތަ އިސްލާމްދީނަށް ގެއްލުމެއް ވެސް ނުދެވޭނެ، އޭގެ ބަދަލުގައި އެމީހުން އަމިއްލައަށް މަރުވާން ޖެހޭނީ، އެމީހުން އަމިއްލައަށް އަނދައިގެންދާން ޖެހޭނީ، އަދި އެމީހުންގެ ކައްވަޅުތައް އެމީހުން ޖެހޭނީ އެމީހުންގެ އަތްތަކުން ކޮންނަން އިންޝާ ﷲ“ ތަރުޖަމާނު ވިދާޅުވިއެވެ.

މިވީޑިއޯމެސެޖުގައި ޢާޒިމް ޠާރިޤް، މުސްލިމުންނަށް ގެއްލުންދިނުމުގެ ގޮތުންދޭ ޙަމަލާތަކަކީ ޠާލިބާނުންގެ ޙަރަކާތްތަކެއް ނޫންކަމަށް އަނެއްކާވެސް ވިދާޅުވިއެވެ. އަދި ސަރުކާރުން، ޠާލިބާނުންގެ ބޮލުގައި އެފަދަ އިލްޒާމްތައް އެޅުވުމުގެ މަޤްޞަދަކީ މުޖާހިދުންނަށް މީޑިޔާގެ ޒަރީޢާއިން ގެއްލުން ދިނުންކަމުގައި ވެސް ޢާޒިމް ވިދާޅުވިއެވެ.

ޕާކިސްތާނުގެ ތަފާތު ސަރަޙައްދުތަކުގައި ޠާލިބާނުން ހަނގުރާމަ ކުރަމުންދާ ކަމަށާއި، ޠާލިބާނުން ހަނގުރާމަ ކުރަނީ އެމީހުން އަމިއްލައަށް ކަމަށާއި، މިއާ ޚިލާފަށް ޕާކިސްތާނު ފައުޖީން ހަނގުރާމަ ކުރަމުންދަނީ އެމެރިކާއިން ފައިސާދީގެން ކަމަށާއި، މިހަނގުރާމައިގައި އެމީހުނަން ނުހަނު ބޮޑެތި ގެއްލުން ލިބެމުންދާކަމަށާއި، އަދި މިހަނގުރާމައިގައި އެމީހުންވަނީ ބަލިވެފައި ކަމަށްވެސް ތަރުޖަމާނު ހާމަކޮށްދެއްވިއެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިބި މުޖާހިދުންވެސް އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ އެހީތެރިވާކަމަށް ތަރުޖަމާނު ފާހަގަ ކުރެއްވިއެވެ.

އެމެރިކާއަށްޓަކައި ޕާކިސްތާނުގެ އަމިއްލަ ސަރުކާރުން، އެމީހުންގެ އަމިއްލަ ރައްޔިތުން ޤުރުބާން ކުރަނީ ކަމަށާއި، އަދި މިވަކިތަކުން ސަލާމަތްވާންޖެހޭ ވަޤުތު ޖެހިއްޖެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އެފަދައިން އެމީހުންގެ ޢަމަލުތައް ހުރި ހިނދެއްގައި، އަދި އެމެރިކާގެ އެޖެންޑާއަށް ފައުޖީން ތަބަޢުވާ ހިނދެއްގައި މިޖިހާދު ނުހުއްޓޭނެ ކަމަށްވެސް ޢާޒިމް ޠާރިޤް މިބަސްދީގަތުމުގައި ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!

ޓެގް

އަފްޣާނިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.