އަރަބިދުނިޔެ އަންހެން ކުއްޖަކު 100 ދުވަހުން ޤުރުއާން ހިތުދަސްކޮށްފި

އަންހެން ކުއްޖަކު 100 ދުވަހުން ޤުރުއާން ހިތުދަސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމްދީނުގެ ޢިލްމުން ވަރުގަދަ ކާމިޔާބީއެއް ހޯދުމަށް ޔޫއޭއީގެ އާމިނަތު ސަޢީދު  ދިޔައީ އަބަދުވެސް ހުވަފެން ދެކެމުންނެވެ. އަދި އޭނާގެ މި ހުވަފެން ފުރިހަމަވީ އިންޓަރނޭޝަނަލް ޤުރުއާން ހިތުދަސްކުރުމުގެ މުބާރާތެއްގައެވެ.

އާމިނަތު ސަޢީދުގެ 25 ބޭބެއިންނާއި އަދި ދައްތައިންގެ ފަރާތުން އޭނާއަށްވަނީ ވަރަށް ހިތްވަރު ލިބި ތަރުޙީބު ލިބިފައެވެ. އަދި އޭނާގެ ޢާޢިލާގެ ގިނަ މީހުންވަނީ ޤްރުއާނުން ގިނަބައިތައް ހިރުދަސްކޮށްފައެވެ. މިގޮތުން ޢާއިލާގެ މީހުންނާއި ވާދަކުރުމުގެ ގޮތުން 100 ދުވަހުން ޤުރުއާން ހިތުދަސްކުރުމަށް ނިންމާ އެމަސައްކަތްފަށާ ﷲގެ ވާގިފުޅާއިއެކު އެކަން މިހާރުވަނީ ކާމިޔާބުވެ ދުނިޔެއިން އެކަން ބަލައިގަނެފައެވެ.

ޢުމުރުން 19 އަހަރުގެ ޢާމިނަތު ސަޢީދަކީ ޝާރުޖާ ކޮލެޖްއޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒްގައި ކިޔަވާ ދަރިވަރެކެވެ. މުބާރާތް ޢިޢްލާން ކުރުމާއިވިދިގެން އޭނާ ދަތުރުކޮށްފައި ދިޔައީ ޖޯޑަންގައި މުބާރާތުގައި ބައިވެރިވާށެވެ.

އެމިރޭޓްސްގެ ނޫހެއްކަމަށްވާ އެމިރޭޓް އަލްޔައުމްއަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި ހާމާކޮށްފައިވަނީ "މި ވަނަ ޖޯޑަންގެ މުބާރާތުން ލިބުމުން ވަރަށް އުފާވިއެވެ. އަދި މިއީ އަހަރެންގެ ރަަށަށްލިބުނު ރީތިނަމެކެވެ. މިކަމާއި އަހަރެންވަރަށް އުފާކުރަމެވެ."

އަދިވެސް އޭނާ ހާމަކޮށްފައިވެއެވެ" އަހަރެން އަބަދުވެސް ޤުރުއާން ހިތުދަސްކުރުމަށް އުއްމީދު ކުރީމެވެ. އަދި އަހަރެންގެ ޢާއިލާއިން އެކަމާއި ވަރަށް ހިތްވަރުދިނެވެ. އެހެންކަމުން މިއަދު މިކަން ވަނީ ﷲގެ ރަޙްމަތުން ޙާޞިލް ކުރެވިފައެވެ.  ދުވާލަކު 12 ގަޑި މަދުވެގެން ޤުރުއާން ކިޔެވުމުގައި ހޭދަ ކުރީމެވެ. އޭގެ ނަތީޖާއެއްގެގޮތުން 100 ދުވަހުން އަހަރެންމިވަނީ ހިތުން ދަސްކޮށްފައެވެ. 77000 (ހަތްދިހަ ހަތްހާސް) ބަސް ހިތުން ދަސްކޮށް އެބަސްތައް ހިތުގައި އަބަދު އިންޝާﷲ ހަދާން ބަހައްޓާނަމެވެ." ޢާމިނާ ކިޔައިދިނެވެ.

މަސްދަރު: ރާއްޖެއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.