އެމެރިކާ އެމެރިކާގެ މިސްކިތެއްގެ ބޭރުގައި އެއްޗެއް ގޮއްވާލައިފި

އެމެރިކާގެ މިސްކިތެއްގެ ބޭރުގައި އެއްޗެއް ގޮއްވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އެމެރިކާގެ މިސްކިތެއްގެ ބޭރުގައި އެއްޗެއް ގޮއްވާލައިފިއެވެ.

ހަބަރު ލިބިފައިވާގޮތުގައި މިގޮވުން ގޮއްވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު އެމެރިކާގެ ފްލޮރިޑާގެ އިސްލާމިކް ސެންޓަރ ގެ ބޭރުގައެވެ. އިޝާ ނަމާދަށްފަހު މިސްކިތުގެ ބޭރުން 'އެއްޗެއް ގޮވި'އަޑަށް އެންމެން މިސްކިތުން ނުކުތް އިރު މިސްކިތުގެ ބޭރުގައި އަލިފާނާއި ދުންތަކުން ފުރިފައިވާކަމަށް ހަބަރުލިބެއެވެ. އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވިނަމަވެސް މިހަމަލާގެ ސަބަބުން އެމެރިކާގެ މުސްލިމުންނަށް ބިރުވެރިކަމާއި ކުރިމަތިލާންޖެހިފައިވާކަމަށްވެއެވެ.

މިހާދިސާއާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކުން ހާމަކުރިގޮތުގައި 'ލަފާކުރެވޭގޮތުގައި ގޮއްވާލީ ގޭސް އަޅާފައިވާ ހަމެއް ކަހަލަ ބޮމެއް' ކަމަށެވެ. އެސަރަހައްދުންވެސް އެފަދަ ހަމެއް ފެނިފައިވާކަމަށްވެއެވެ.

ދާދިފަހުން އެމެރިކާގައި ވަނީ ބޮމެއް ގޮއްވާލަން އުޅެނިކޮން އަތުލާފައެވެ. އެބޮން ގޮއްވާލަން އުޅުނުކަމަށް ބުނާ މީހަކުވަނީ މާލަސްތަކެއް ނުވެ ހޯދާފައެވެ. އެހެނަސް އެމެރިކާގެ މިސްކިތް ބޭރުގައި އެއްޗެއް ގޮއްވާލަން އުޅުނު މީހެއްގެ ހިލަމެއް އަދިވަނީ ވާގޮތްނުވެފައެވެ.

ޓެގް

އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.